ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު ހަ ރަށެއް ކަރަންޓީން ކޮށްފި

އިތުރު ހަ ރަށެއް ކަރަންޓީނަށް ގެންގޮސް ފިޔަވަޅު އަޅައިފި އެވެ.

އެންއައިއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލު ވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އަލަށް ޕޮޒިޓިވްވީ މީހުނާ ކޮންޓެކްޓްވެފައިވާ މީހުން ތިބި ތަންތަނާއި، އެމީހުންނާ ކޮންޓެކްޓްވެފައިވާ ބައެއް މީހުން ތިބި ރަށްތައް ވެސް ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިރޭ ނ. އަތޮޅުގެ ހަތަރު ރަށަކާއި ހއ. ގެ ދެ ރަށެއް ކަރަންޓީން ކޮށްފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮވިޑަށް ޕޮޒިޓިވްވި ކޮން ކޭސްތަކަކާ ގުޅިގެން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އެންމެ ފަހުން ކަރަންޓީން ކުރި ރަށްތައް

  • ނ. މާފަރު
  • ނ. މިލަދޫ
  • ނ. ކެނދިކުޅުދޫ
  • ނ. ހެނބަދޫ
  • ހއ. އުތީމު
  • ހއ. ދިއްދޫ

މިއަދުގެ ނިޔަލަށް ކަރަންޓީން ކޮށްފައިވާ ރަށްތައް

  • ށ. ފުނަދޫ
  • ށ. މިލަންދޫ
  • ށ. ފީވައް
  • ށ. މާއުނގޫދޫ
  • ނ. ހޮޅުދޫ
  • ހއ. އުލިގަމް
  • ކ. ގުރައިދޫ
  • ބ. ފުޅަދޫ
  • ދ. ކުޑަހުވަދޫ
  • ކ. ތުލުސްދޫ
  • ކ. ކުޑަވިލިގިލި
  • ކ. ތުޅާގިރި އައިލެންޑް ރިސޯޓް
  • މާލެ ސިޓީ

މިހާތަނަށް ރާއްޖެއިން 141 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެވައެވެ. އެއީ 69 ދިވެހިންނާ 72 ބިދޭސީންނެވެ. މާލެ ސިޓީ ވަނީ 14 ދުވަހުގެ ލޮކްޑައުން އެއްގައެވެ.