ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 2500ރ. އަށް

Apr 26, 2020
18

ރޯދަ މަހު އަބަދުވެސް، އަގު އުފުލޭ ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު މިއަހަރު 2،500ރ އަށް އުފުލިއްޖެ އެވެ.

މި ރޯދަ މަހު މިހާތަނަށް އަގުތައް މައްޗަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ވެސް މިރުހެވެ.

ކޮވިޑް-19 އާއެކު މާލެ ލޮކްޑައުން ކޮށްފައިވާތީ ދަނޑުވެރިކަމުގެ ބާވަތްތައް މާލެ ގެންނަން ވަނީ ދަތިވެފަ އެވެ. އެހެންވެ މި އަހަރު ވެސް އެންމެ ބޮޑަށް އަގު އުފުލޭ އެއް ބާވަތަކީ މިރުހެވެ.

ކަނޑޫދޫ މިރުސް ކިލޯއެއް 2500ރ. އަށް ވިއްކާއިރު، އެހެން ވައްތަރު ތަކުގެ މިރުހުގެ އަގު ވެސް ހުރީ ވަރަށް މަތީގަ އެވެ. އާދައިގެ މިރުސް ކިލޯއެއް މިހާރު ލިބެނީ 500ރ. އަށެވެ.

ރޯދަ މަހު އާއްމުކޮށް އަގުތައް އުފުލިގެން ދަނީ ފިޔާ، އަލުވި އަދި ބިހުގަ އެވެ. ނަމަވެސް މި އަހަރު މި ބާވަތްތަކުގެ އަގު ސަރުކާރުން ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. އަގު ކޮންޓްރޯލް ކުރުމާއެކު ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 20ރ. އެވެ. އަދި ބިހެއް ވިއްކޭނީ 1.80 ރ. އަށެވެ.