ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޖަރުމަން

ޖަރުމަންގެ ލީގް ފެށުމަކީ ގޯހެއް

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ، ޖަރުމަންގެ ބުންޑެސްލީގާ އަންނަ މަހު ފަށަން ހިޔާލު ކުރުމަކީ ގޯހެއް ކަމަށް ޖަރުމަންގެ ފުލުހުންގެ ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ބުންޑެސް ލީގާއިން ހުށަހަޅާފައި ވަނީ އަންނަ މަހު ނުވަ ވަނަ ދުވަހު އަލުން ލީގްގެ ކުޅުން ފެށުމަށެވެ. އެއީ ސަޕޯޓަރުން ނުވައްދައި، ސްޓޭޑިއަމް ބަންދު ކޮށްގެންނެވެ. ބުންޑެސް ލީގާއިން ނިންމުން ފައިނަލް ކުރާނީ ޖަރުމަންގެ ސަރުކާރުން ހުއްދަ ދިނުމުންނެވެ.

ޖަރުމަންގެ ފުލުހުންގެ ޓްރޭޑް ޔޫނިއަން ޑިޕާޓްމެންޓް ޑެޕިއުޓީ، ޖޯގް ރަޑެކް ވިދާޅުވީ، އަންނަ މަހު ބުންޑެސް ލީގާ ފެށުމަކީ ޒިންމާ ދާރުކަން ކުޑަ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ސްޓޭޑިއަމްގެ ގޭޓްތައް ބަންދުކޮށްގެން މެޗުތައް ކުޅުނަސް ސްޓޭޑިއަމްގެ ސަރަހައްދަށް ޓީމުތަކުގެ ސަޕޯޓަރުން އެއްނުވާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.

ޖަރުމަންގެ ފުޓްބޯޅަ ފެޑްރޭޝަންގެ ޗީފް އެގްެޒެކެޓިވް، ކްރިސްޓިއަން ޒައިފާޓް ވިދާޅުވީ، ޖަރުމަންގެ އެންމެ ޓޮޕް ދެ ޑިވިޝަންގެ ކުޅުން އަންނަ މަހު ކުރީކޮޅު ފެށުމާ ބެހޭގޮތުން ސަރުކާރާއެކު އެކި ލެވަލްގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ޖުރުމަންގެ ލޭބާ މިނިސްޓްރީއާއެކު ކުރި މަޝްވަރާތަކުގައި އެ މިނިސްޓްރީން ބައިވެރިވި އޮފިޝަލުން ވަނީ ކުޅުންތެރިން މެޗުގައިވެސް މާސްކު އަޅައިގެން ކުޅުމަށް ހިޔާލު ހުށަހަޅާފަ އެވެ.

ޖަރުމަންގެ ސަރުކާރުން، ވަނީ އޯގަސްޓް މަހުގެ ނިޔަލަށް އާންމު ހުރިހާ އެއްވުންތަކެއްވެސް ހުއްޓާލަން އަންގާފަ އެވެ.