ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޗެލްސީ

ކުޅުންތެރިންގެ ހުށަހެޅުން ޗެލްސީން ގަބޫލު ނުކުރި

ކޮރޯނާ ވައިރަސްއާ ގުޅިގެން ކުރިމަތި ވެފައިވާ މާލީ އަދި އިގްތިސޯދީ އަޑިގަނޑުގެ ތެރޭގައި ކުޅުންތެރިންގެ މުސާރައިން 10 ޕަސަންޓް އުނި ކުރަން ޗެލްސީގެ ކުޅުންތެރިންގެ ފަރާތުން ހުށަހެޅި ޕްރަޕޯސަލް އެ ކުލަބުން ގަބޫލު ނުކޮށް އަނބުރާ ފޮނުވާލައިފި އެވެ.

ޗެލްސީގެ ކެޕްޓަން ސެސާ އަޒްޕިލިކްއޭޓާ، މިދިޔަ ހަފުތާގައި ވަނީ ކުޅުންތެރިންގެ މުސާރައިން ބައެއް އުނި ކުރުމަށް ހުރިހާ ކުޅުންތެރިންނާއެކު އެއްބަސް ވެފަ އެވެ. ކުޅުންތެރިންގެ ފަރާތުން އަޒްޕިލިކްއޭޓާ ވަނީ ޗެލްސީގެ ޗީފް ޑައިރެކްޓާ މަރީނާ ގްރަނޮވިސްކާއާ އަށް ޕްރަޕޯސަލް ހުށަހަޅާފަ އެވެ. އެ ޕްރަޕޯސަލްގައި ވަނީ، ކުލަބަށް އެހީވުމުގެ ގޮތުން ކުރިއަށް އޮތް ހަތަރު މަހު، ކުޅުންތެރިންގެ މުސާރައިން 10 ޕަސަންޓް އުނި ކުރުމަށެވެ.

ޓެލެގްރާފް ނޫހުން، ބުނީ އެ ޕްރަޕޯސަލް ޗެލްސީގެ ބޯޑުން ގަބޫލު ނުކުރީ 10 ޕަސަންޓް އުނި ކުރުމުގެ މަޝްވަރާތައް ޗެލްސީގެ ބޯޑުގައި ކޮށްފައި ނުވާތީ ކަމަށެވެ. މި މަހުގެ ކުރީ ކޮޅު ޕްރިމިއާ ލީގްގެ 20 ކުލަބުގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު އެއްބަސް ވެފައި ވަނީ ސީޒަން ކުޅުން ފެށޭނެ ހާލަތެއް އަންނަން ދެން ކުޅުންތެރިންގެ މުސާރައިން 30 ޕަސަންޓް އުނި ކުރުމަށް ހުށަހެޅި ދާނެ ކަމަށެވެ.

އިއްޔެ ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުޅުންތެރިންގެ މުސާރަ ދަށް ކުރުމާ ބެހޭގޮތުން ވަކި ގޮތަކަށް އެއްބަސް ވެވިފައި ނުވާ ކަމަށެވެ. މި ކަމުގައި ޗެލްސީގެ ކޯޗް، ފްރޭންކް ލަމްޕާޑް ހުރީ ވަކި ކޮޅަށް ބުރަ ނުވެ އެވެ.

އާސެނަލްގެ ކޯޗް މިކަލް އާޓެޓާ އިސް ނަގައިގެން ކުޅުންތެރިންނާ ވާހަކަ ދައްކައި، އެ ޓީމުގެ ކުޅުންތެރިންގެ މުސާރައިން 12.5 ޕަސަންޓް އުނި ކުރުމަށް ވަނީ އެއްބަސް ވެފަ އެވެ.