ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެތުލެޓިކޯ މެޑްރިޑް

ކޮވިޑަށް ޕޮޒިޓިވްވެ އެތުލެޓިކޯއަށް ހާސްކަން

ޔޫއެފާ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލަށް ތައްޔާރު ވަމުން އަންނަ އެތުލެޓިކޯ މެޑްރިޑްގެ ސްކޮޑުގެ ދެ މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެ ޓީމަށް އުނދަގޫ ހާލަތެއް ކުރިމަތި ވެއްޖެ އެވެ.

ކްއާޓާ ފައިނަލުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ، ޖަރުމަންގެ ރެޑްބުލް ލައިބްޒިގް އާ ދެކޮޅަށް ކުޅޭ މެޗަށް ހާއްސަކޮށް އެތުލެޓިކޯއިން ޕްރެކްޓިސް ފެށުމުގެ ކުރިން، ހެދި ޓެސްޓްތަކުން ހާމަ ވެފައި ވަނީ އެ ޓީމުގެ ކުޅުންތެރިޔަކަށް ވެސް ކޮވިޑް ޖެހިފައިވާ ކަމެވެ. ދެ ވަނައަށް ޕޮޒިޓިވްވި ކޭހަކީ ވެސް ކުޅުންތެރިޔެއްގެ ކޭހެއް ކަމަށް ވުމުގެ ފުރުސަތު ބޮޑެވެ.

ބެލެވޭ ގޮތުގައި އެ ޓީމުގެ އިތުރު ކުޅުންތެރިންގެ މެދުގައި ވައިރަސް ފެތުރުމުގެ ބިރު އެބައޮތެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލި ކުރުމަށް ފަހު ކްއާޓާ ފައިނަލަށް ދަތުރު ކުރި އެތުލެޓިކޯގެ ޓީމުން ވައިރަހުގެ އަސަރު އިތުރަށް ފެނިއްޖެނަމަ، ޕޯޗްގަލްއަށް އެ ޓީމު ދަތުރު ނުކުރާނެ އެވެ.

ސްޕެއިންގެ ކުޅިވަރު ނޫސް "މާކާ" އިން ބުނީ، އެތުލެޓިކޯގެ އޮފިޝަލުންނަށް ހާސްކަން ކުރިމަތި ވެފައިވާ ކަމަށެވެ. އެ ޓީމުގެ ހާލަތާ މެދު އެއްޗެއް ބުނަން އެނގޭނީ މިއަދު ހަދާ ޓެސްޓްތަކުގެ ނަތީޖާ ލިބުމުންނެވެ.