ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެތުލެޓިކޯ މެޑްރިޑް

އެތުލެޓިކޯގެ ސަޕޯޓަރުން ލިވަޕޫލަށް ފޮނުވުމަކީ ގޯހެއް

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގް މެޗުގައި، ލިވަޕޫލާއި އެތުލެޓިކޯ މެޑްރިޑްގެ މެޗަށް، އެތުލެޓިކޯގެ ސަޕޯޓަރުން ފޮނުވުމަކީ ހެދުނު ގޯހެއް ކަމަށް، މެޑްރިޑްގެ މޭޔަރު، ހޯޒޭ ލުއިސް މާޓިނޭޒް އަލްމީޑިއާ އެއްބަސް ވެއްޖެ އެވެ.

ލިވަޕޫލާ ދެކޮޅަށް ކުޅެން އެތުލެޓިކޯ، މާސީސައިޑަށް ދަތުރު ކުރި ވަގުތަކީ، ކޮރޯނާ ވައިރަހާ ގުޅިގެން ސްޕެއިންގެ ސްކޫލްތައް ބަންދު ކޮށްފައިވާ ވަގުތެކެވެ. އަދި އާންމު އެއްވުންތައް ވެސް ނުބޭއްވުމަށް އެ ދުވަސް ވަރު އެންގި އެވެ. އެހެން ނަމަވެސް، އެތުލެޓިކޯގެ 3000 ހާ ސަޕޯޓަރުން ލިވަޕޫލަށް ދަތުރު ކުރުމުގެ ހުއްދަ ދިނެވެ.

މެޗު ކުޅެން އެތުލެޓިކޯ ދިޔަ ވަގުތު، ސްޕެއިންގައި 1646 މީހަކަށް ވަނީ ކޮރާނޯ ވައިރަސް ޖެހިފަ އެވެ. އޭގެ ތެރެއިން 782 މީހުންނަކީ ވެރިރަށް މެޑްރިޑްގައި ދިރިއުޅޭ މީހުންނެވެ. އެ ހަފުތާގެ މެޗުތަކަށް ފަހު، ޔޫރަޕްގެ ފުޓްބޯޅައިގެ ހަރަކާތް ހުއްޓާލައި ލޮކް ޑައުންއަކަށް ދިޔަ އެވެ. އިނގިރޭސި ވިލާތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އެ މެޗު ކުޅުނުތާ 48 ގަޑިއިރު ފަހުންނެވެ.

ސްޕެއިންގެ އޮންޑާ ސީރޯ ރޭޑިއޯއަށް ދިން އިންޓަވިއުގައި، މާޓިނޭޒް ވިދާޅުވީ، އެފަދަ ވަގުތެއްގައި 3000 ހާ ސަޕޯޓަރުން ދަތުރު ކުރުމުގެ ހުއްދަ ދެވުމަކީ އެއްވެސް ގޮތަކަށް ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

"އެއީ ހެދުނު ގޯހެއް، އެހާލަތަށް ބަލައި އެއީ ކުރެވިގެން ވާނެ ކަމެއް ނޫން، އަހަންނަށް ހީވަނީ އެވަގުތުގައި ވެސް ކޮންމެވެސް ބަޔަކަށް އަސަރު ކޮށްފައި ހުރެދާނެ ހެން."

ކޮވިޑް-19 އާ ގުޅިގެން ސްޕެއިގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 20000 ވުރެ މައްޗަށް ގޮސްފަ އެވެ.