ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުރިއަށް އޮތީ ގުގުރުމާއި ބޯ ވާރޭގެ 24 ގަޑިއިރު

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު މިރޭ ވިދާޅުވީ މިހާރު ކުރާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މެޓް އޮފީހުން މިހާރު މުޅި ރާއްޖެއަށް ވައިޓް އެލާޓެއް ނެރެފައިވެ އެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ދެ ދުވަހަށް ފަހު މޫސުން ރަނގަޅުވާނެ ކަމަށް ވެސް އެ ލަފާގައި ވެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭއޮރި މި ދުވަސް ވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް ބުރުނު ނަކަތުން ހަވަނަ ދުވަހުވެ. މި ނަކަތަކީ ހުޅަނގުގެ ވިއްސާރަ ހަދަން ފަށާ ނަކަތެވެ.

މެތް އޮފިޝަލް ވިދާޅުވީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުނު ކަމުގައި ވީނަމަވެސް އެއްވެސް ރަށަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މުސޫން ދަައްކާ ގޮތުން ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެ އެވެ.

ބޯކޮށް ވާރޭ ވެހެން ފެށުމާއެކު މާލެ އާއި ރަށް ރަށުގައު ފެން ބޮޑުވެ އާންމު ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވެ އެވެ. =މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ދުވަސްވަރަކަށް ވުމާއެކު ވިއްސާރައާއި ގުޅިގެން މަދިރި އުފެދި އިތުރު ބަލިމަޑުކަމެއް ފެތުރުނަ ނުދިނުމަށް މަސައްކަތް ކުރަން މޫސުމާބެހޭ އިދާރާއިން އިލްތިމާސް ކުރެ އެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަ ކުރަން ގެއަށާއި ގޯއްޗަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖަހައި އާންމު ސާފަތާހިރު ކަމަށް އިސްކަން ދިނުމަށް ވެސް އެދިފައި ވެއެވެ.