ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަދިވެސް 26 ރަށެއް ކަރަންޓީންގައި

މިއަދުގެ މިހާތަނަށް 26 ރަށެއް ކަރަންޓީން ކޮށްފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ގިނަ ގެތަކާއި، ރަށްތަކެއް ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް 26 ރަށެއް ވަނީ ކަރަންޓީންގައެވެ.

ކަރަންޓީން ކޮށްފައިވާ ރަށްތައް

  • ހދ. ކުމުންދޫ
  • ހދ. ހިރިމަރަދޫ
  • ބ. ކެންދޫ
  • ށ. ޅައިމަގު
  • ބ. ގޮއިދޫ
  • ކ. މާފުށި
  • ބ. ފުޅަދޫ
  • ކ. ތުލުސްދޫ
  • ކ. ކުޑަވިލިގިލި
  • ކ. ތުޅާގިރި އައިލެންޑް ރިސޯޓް
  • ހއ. އުލިގަމް
  • ށ. ނަރުދޫ
  • ނ. ހޮޅުދޫ
  • ށ. ފުނަދޫ
  • ށ. މިލަންދޫ
  • ށ. ފީވައް
  • ށ. މާއުނގޫދޫ
  • ނ. މާފަރު
  • ނ. މިލަދޫ
  • ނ. ކެނދިކުޅުދޫ
  • ނ. ހެނބަދޫ
  • ހއ. އުތީމް
  • ހއ. ދިއްދޫ
  • ނ. ވެލިދޫ
  • ހދ. ކުޅުދުއްފުށި ސިޓީ

މަބުރޫކް ވިދާޅުވީ ކ، ގުރައިދޫ ކަރަންޓީންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.

މީގެ އިތުރުން ކަރަންޓީން ކުރި މަސްދޯންޏާއި، ނޫފަރު އެކްސްޕްރެސް ބޯޓްވެސް ވަނީ ކަރަންޓީނުން ނަގާފައެވެ. ނަމަވެސް އަމާޒު ބޯޓާއި، ކާވިޔާ ބޯޓް އަދިވެސް އޮތީ ކަރަންޓީންގައެވެ.

މީގެ އިތުރުން މާލެ، ހުޅުމާލެ އަދި އަތޮޅުތެރޭގެ ރަށްތައް ހިމެނޭ ގޮތުން 260 ގޭބީސީއެއް ވަނީ ކަރަންޓީން ކޮށްފައެވެ.