ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"މަޖުބޫރު ވެގެން ނޫނީ ގެއިން ނުނިކުމޭ"

ލޮކްޑައުންގެ ހާލަތަށް ލުއި ދީފައިވީނަމަވެސް ކޮންމެހެން ބޭރަށް ނިކުންނަންޖެހޭ ހާލަތެއްގައި ނޫނީ ގެއިން ނުނިކުތުމަށް ޓެގް ޓީމުން އިލްތިމާސްކޮށްފި އެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންއަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އަދި ހުއްދައާ ނުލައި ބޭރުގައި އުޅެވޭ ގަޑިއަކީ ފަތިހު 5:00 ން ފެށިގެން ރޭގަނޑު 10:00 އަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެއާއެކު ލޮކްޑައުންގެ ކުރިން އޮތް ހާލަތަށް ގާތްގަނޑަކަށް ވަނީ ބަދަލުވެފައެވެ.

މިއަދު ޓެގް ޓީމުން އާންމުކޮށްފައިވާ ވީޑިއޯއްގައި ޑރ، އަލީ އަތީފް ވިދާޅުވީ ލޮކްޑައުން ލުއި ކުރުމާއި ގުޅިގެން ވަރަށް ގިނަ މީހުން މަގުމަތިން ފެންނަމުންދާ ކަމަށާ އަދި އެއް ތަނަކަށް ގިނަ ބަޔަކު އެެއްވެގެން ތިބޭތަންވެސް ފެންނަމުންދާ ކަމަށެވެ. އެއީ ކޮވިޑްގެ ބަލި އަލުން ފެތުރިދާނެ ފަދަ ކަމެއް ކަމަށާ އެހެން ވެއްޖެނަމަ އަލުން ފުލް ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށެވެ.

"ލޮކްޑައުން ލުއިކުރުމާއި ގުޅިގެން އަޅުގަނޑުމެންނަށް މިހާރު ފެންނަނީ މަގުތައްމަތީގައި މީހުން ވަރަށް ގިނައިން އެއްވާތަން. މީގެ ސަބަބުން ކޮވިޑް-19 ފެތުރުމަކީ ވަރަށް ގާތް ކަމެއް. އަދި މިގޮތަށް ފެތުރިއްޖެއްޔާ އަޅުގަނޑުމެންނަށް ޖެހިދާނެ އަނެއްކާވެސް ލޮކްޑައުން ކުރަން. އެހެންވީމަ އަޅުގަނޑުމެންގެ އެދުމަކީ ކޮންމެހެން މަޖުބޫރު ވެގެން ނޫނިއްޔާ ބޭރަށް ނިކުމެވަޑައިނުގެންނެވުން. ގޭގައި މަޑުކުރެއްވުން." ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ލޮކްޑައުން ލުއިކުރުމާއި ގުޅިގެން އަޅުގަނޑުމެންނަށް މިހާރު ފެންނަނީ މަގުތައްމަތީގައި މީހުން ވަރަށް ގިނައިން އެއްވާތަން. މީގެ ސަބަބުން ކޮވިޑް-19 ފެތުރުމަކީ ވަރަށް ގާތް ކަމެއް. އަދި މިގޮތަށް ފެތުރިއްޖެއްޔާ އަޅުގަނޑުމެންނަށް ޖެހިދާނެ އަނެއްކާވެސް ލޮކްޑައުން ކުރަން. އެހެންވީމަ އަޅުގަނޑުމެންގެ އެދުމަކީ ކޮންމެހެން މަޖުބޫރު ވެގެން ނޫނިއްޔާ ބޭރަށް ނިކުމެވަޑައިނުގެންނެވުން. ގޭގައި މަޑުކުރެއްވުން
ޑރ. އަލީ ލަތީފް | ޓެގް ޓީމްގެ ލީޑަރު

ލޮކްޑައުންއަށް ދިން ލުޔާއެކު ކަސްރަތު ކުރުމާއި ދުވުމަށް ހަވީރު 6:00 އިން ރޭގަނޑު 9:00 އަކަށް ނިކުމެވެއެވެ. އަދި ކުޑަކުދިންނަށް ހަވީރު 4:00 އިން 6:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5:00 އިން ހެނދުނު 8:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ.

ނަމަވެސް އުސޫލެއް ނެތި ވަރަށް ގިނަ މީހުން މަގުމަތީގައި ދަނީ އުޅެމުންނެވެ. އަދި ޓޭކް އަވޭގެ ހިދުމަތަށް ހުއްދަ ދިނުމާއެކު އެ ހިދުމަތްދޭ ތަންތަނުގައި ވަރަށް ގިނަ މީހުން އެއްފަހަރާ ޖަމާވެގެން ތިބެއެވެ.