ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކެފޭ ރެސްޓޯރެންޓް

ޑެލިވަރީގެ ހިދުމަތް ދެވޭނީ ރޭގަނޑު 10 އަށް

ޑެލިވަރީގެ ހިދުމަތްދޭ މީހެއް: މާދަމާއިން ފެށިގެން ޑެލިވަރީގެ ހިދުމަތް ދެވޭނީ ރޭގަނޑު 10:00 ގެ ނިޔަލަށް
0%
0%
0%

މާދަމާއިން ފެށިގެން ޑެލިވަރީގެ ހިދުމަތް ދެވޭނީ ރޭގަނޑު 10:00 ގެ ނިޔަލަށް ކަމަށް ހަމަޖައްސައިފި އެވެ.

މީގެ ކުރިން މާލެ ސަަރަހައްދުގައި ދެމުން އަަންނަ ޑެލިވަރީގެ ހިދުމަތް ރޭގަނޑު 11:00 ގެ ނިޔަލަށް ކުރިއަށް ގެންދެވެއެވެ. ނަމަވެސް މާދަމާއިން ފެށިގެން ލޮކްޑައުންއަށްދޭ ލުއިތަކާއެކު އެ ވަގުތު ވަނީ ރޭގަނޑު 10:00 ގެ ނިޔަލަށް ހަމަޖައްސާފައެވެ.

ޓެގް ޓީމުން ބުނީ މާދަމާއިން ފެށިގެން ހެނދުނު 5:00 ފެށިގެން ރޭގަނޑު 10:00 އާއި ހަމައަށް ބޭރުގައި އުޅެވޭނެ ކަމަށާ އޭގެ ފަހުން މަގުމަތީ އުޅެވޭނީ ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. ޑެލިވަރީގެ ހިދުމަތް ދެވޭނީ އެ ވަގުތުތަކުގައި ކަމަށް ޓެގް ޓީމުން ވަނީ ނިންމާފައެވެ.

ދުވަސްތަކަކަށްފަހު ޑެލިވަރީގެ ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 28 ވަަނަ ދުވަހުއެވެ. އަދި މާދަމާއިން ފެށިގެން ޓޭކް އަވޭގެ ހިދުމަތްވެސް ދެވޭނެ އެވެ.

ރެސްޓޯރަންޓްތަކާއި ކެފޭތައް ހުޅުވަން ހުއްދަ ދިނުމަށް ހަަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345