ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެންއީއޯސީ

ޕޮޒިޓިވްވީ މީހުންގެތެރޭ 12 އަހަރުން ދަށުގެ 33 ކުދިން

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި 12 އަހަރުން ދަަށުގެ 33 ކުއްޖަކު ހިމެނޭ ކަމަށް އެންއީއޯސީއިން ބުނެފި އެވެ.

އެ ސެންޓަރުން ވަނީ ކޮވިޑް ޖެހުނު މީހުނާއި އެމީހުންގެ އުމުރުފުރާ އާއި ނިސްބަތްވާ ގައުމުތަކުގެ ތަފާސް ހިސާބުތައް ހިއްސާ ކޮށްފަ އެވެ. އެ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ 250 މީހުންގެ ތެރޭގައި 33 ކުޑަކުއްޖަކު ހިމެނޭ ކަމަަށާއި އެއީ އުމުރުން 12 އަހަރުން ދަށުގެ ކުދިން ކަމަށެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ ދެ މީހަކު ވެސް ހިމެނެ އެވެ. އެ ދެ މީހުންނަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ.

ދެން ހިމެނެނީ 12 އަހަރާ 40 އަހަރާ ދެމެދުގެ 116 މީހުންނާއި 40 އަހަރާ 60 އަހަރާ ދެމެދުގެ 50 މީހުނެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެ ގައުމުގެ 114 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. ދެން އެންމެ ގިނައީ ދިވެހިންނެވެ. އެއީ 93 އެކެވެ.

މީގެ އިތުރުން އިންޑިއާގެ 18 މީހަކުވެސް ޕޮޒިޓިވްވެ ދަނީ ފަރުވާ ހޯދަމުންނެވެ. ދެން ހިމެނެނީ ސްރީލަންކާގެ ދެ މީހުންނާއި ޕާކިސްތާނުގެ ދެ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 17 މީހުނެވެ. އެ ބަލި ރާއްޖެއިން ޖެހުނު އިޓަލީގެ ދެ މީހަކު ވަނީ ފުރައިގެން ގޮސްފަ އެވެ.