ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

10 ދުވަހުގެ ހިސާބުން ނުރައްކަލުގެ އިންޒާރު!

މިހާތަނަށް ކޮވިޑްގެ ކޭސްތައް ފެންނަމުން އައި ގޮތަށް ބަލާއިރު އަދިވެސް ކޭސްތައް އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

ރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އަފްޒަލް ވަނީ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ ކޭސްތަކާއި ގުޅިގެން ފާހަގަވާ ކަންކަމާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަނެއް ދެއްވާފަ އެވެ. އޭނާ ވިދާޅުވީ މިދިޔަ ދިހަ ވަރަކަށް ދުވަހަށް ބަލާއިރު ޕޮޒިޓިވް ކޭސްތައް ފެންނަމުން އައި ގޮތާއި އަދަދުތަކަށް ބަލާއިރު ކޭސްތައް އިތުރުވުމުގެ ފުރުސަތު އަދި އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ބަލާލީމަ [ދުވަހުން ދުވަހަށް ޕޮޒިޓިވްވަމުން އަންނަ މީހުންގެ އަދަދުތައް] އެބަ އެނގޭ މި ދަނީ މައްޗާ ދިމާއަށްކަން.. އެހެންވީމަ ކޭސް އިތުރުވުމުގެ ފުރުސަތު ކުރިއަށް އޮތްތާނގައި އޮތީ،" އަފްޒަލް ވިދާޅުވި އެވެ.

މިދިޔަ 10 ދުވަހުގެ ހިސާބު

  • އޭޕްރީލް 27 ވަނަ ދުވަހު 12 މީހުން
  • އޭޕްރީލް 26 ވަނަ ދުވަހު 73 މީހުން
  • އޭޕްރީލް 25 ވަނަ ދުވަހު 12 މީހުން
  • އޭޕްރީލް 24 ވަނަ ދުވަހު 19 މީހުން
  • އޭޕްރީލް 23 ވަނަ ދުވަހު 25 މީހުން
  • އޭޕްރީލް 22 ވަނަ ދުވަހު 02 މީހުން
  • އޭޕްރީލް 21 ވަނަ ދުވަހު 15 މީހުން
  • އޭޕްރީލް 20 ވަނަ ދުވަހު 17 މީހުން
  • އޭޕްރީލް 19 ވަނަ ދުވަހު 17 މީހުން
  • އޭޕްރީލް 18 ވަނަ ދުވަހު 07 މީހުން

އަފްޒަލް ވިދާޅުވި ގޮތުގައި ހިސާބު ނަމްބަރުތައް މިހެން ހުރި އިރު ޕޮޒިޓިވް ކޭސްތަކުގެ ގިނަ ކޮންޓެކްޓްތަކެއް ހުރުމަކީވެސް އިތުރު ބަޔަކު ޕޮޒިޓިވްވާން ހުޅުވިފައިވާ ދޮރެކެވެ. މިހާތަނަށް ޕޮޒިޓިވްވީ ބައެއް ކޭސްތަކުގައި ކޮންޓެކްޓްވީ މީހުންގެ އަދަދު 600 ވުރެ މައްޗަށް އަރަ އެވެ. އެއީ ތޮއްޖެހިގެން ދިިރިއުޅެމުންދާ ބިދޭސީންނާ ގުޅުންހުރި ކޭސްތަކެކެވެ.

ކޭސްތަކާ ގުޅޭ ކޮންޓެކްޓްތައް ފެންނަމުންދިޔަ ގޮތް

  • އޭޕްރީލް 26 ވަނަ ދުވަހު 643 މީހުން
  • އޭޕްރީލް 25 ވަނަ ދުވަހު 316 މީހުން
  • އޭޕްރީލް 24 ވަނަ ދުވަހު 192 މީހުން
  • އޭޕްރީލް 23 ވަނަ ދުވަހު 142 މީހުން
  • އޭޕްރީލް 22 ވަނަ ދުވަހު 64 މީހުން
  • އޭޕްރީލް 21 ވަނަ ދުވަހު 167 މީހުން
  • އޭޕްރީލް 20 ވަނަ ދުވަހު 347 މީހުން
  • އޭޕްރީލް 19 ވަނަ ދުވަހު 639 މީހުން
  • އޭޕްރީލް 18 ވަނަ ދުވަހު 158 މީހުން

މާލެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ނިސްބަތް ވަނީ ބާޒާރުމަތީ ފިހާރަތަކާ ގުޅުންހުރި ކްލަސްޓާތަކަށެވެ. މި ނަމްބަރުތައް މިހެން ހުރުމުން އަފްޒަލް ވިދާޅުވަނީ ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކަކަށް ނުވާނެ ކަމަށެވެ. އެންމެންގެ ރައްކާތެރިކަމަށްޓަކައި ގޭގައި ތިބުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.