ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެކީ ޕޮޒިޓިވްވި 95 މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުުރުސަތެއް ނެތް

މިދިއަ ބުރާސްފަތި ދުވަހު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 95 މީހުންނަކީ ކޮކާކޯލާ ކުންފުނީގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންތަކެއް ކަމަށާ އެ މީހުންނަކީ ކުރިން ފެށިގެން މޮނިޓަރިންގައި އޮތް ތަނެއްގައި ތިބި ބަޔަކަށް ވާތީ އެމީހުންގެ ކިބައިން އެހެން ބަޔަކަށް ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

އެންއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އަފްޒަލް ވިދާޅުވީ ބުރާސްފަތި ދުވަހު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައި ވަނީ ބިދޭސީން އުޅެމުންދިޔަ ތަނަކުން ކަމަށެވެ. އެ ތަނުގައި އުޅެމުންދިޔަ 95 މީހުންވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަަމަށް އަފްޒަލް ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވީ އެ މީހުން ދިރިއުޅެމުން ދިޔަ ތަނަކީ ކުރިން ފެނުނު ކޭހައަކާއި ގުޅިގެން މޮނިޓާ ކުރަމުންދިޔަ ތަނެއް ކަމަށާ އެހެން ކަމުން އެހާ ގިނަ އަަދަދެއްގެ މީހުން ޕޮޒިޓިވްވީ ނަމަވެސް އެމީހުންގެ ފަރާތުން ބަލި ފެތުުރުމުގެ ފުރުސަތު ނެތް ކަމަށެވެ.

މިދިއަ ބުރާސްފަތި ދުވަހަކީ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަހެވެ. އެ ދުވަހު އެކަނިވެސް 191 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގަލްދޭޝްގެ 138 މީހުންނެވެ. އަދި އިންޑިއާގެ 33 މީހަކާއި، ނޭޕާލްގެ 18 މީހެއްގެ އިތުރުން ނޭޕާލްގެ ދެ މީހަކާއި ސްރީލަންކާގެ މީހެކެވެ. ދެން ތިބީ ދިވެހިންނެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ބިދޭސީން ދިރިއުޅޭ ތަންތަނުގައި ބަލި ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައި އެތަންތަން މޮނިޓާކޮށް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިވަގުތު އެފަދަ 23 ތަނެއް ފުލުހުން މޮނިޓާ ކުރަމުން ގެންދެ އެވެ. އެ ތަންތަނުގައި ޖުމްލަ 1085 މީހުން އުޅެމުން ގެންދެ އެވެ. އަދި އެ ތަންތަނުގައި އުޅޭ ހުރިހާ މީހުންގެ ސާމްޕަލްތައް ނަގާ ޓެސްޓް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ.

އެ ތަންތަނުގައި އުޅޭ މީހުންގެ ހާލަތާއި އެމީހުންނަށް ބޭނުންވާ ތަކެތި ރެޑްކްރެސެންޓުން ބަލަހައްޓަމުން ގެންދެ އެވެ. ރާއްޖެއިން މިހާތަނަށް 491 އެއް މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.