ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަނެއްކާވެސް ޕޮޒިޓްވް 30 ކޭސް

May 21, 2020
ކޮވިޑްގެ ބަލި މީހަކު އުފުލުމަށް ފަހު ޑިސްއިންފެކްޓް ކުރަނީ: މިއަދު ވެސް ރާއްޖެއިން 30 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވޭ -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
0%
0%
0%

އަނެއްކާ ވެސް ރާއްޖެއިން 30 މީހަކު ކޮވިޑް ބައްޔަށް ޕޮޒިޓްވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މިއަދު އަލަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ އިންޑިއާގެ ހަ މީހަކާއި ބަންގްލާދޭޝްގެ 10 މީހަކާއި 14 ދިވެއްސެކެވެ.

އަލަށް ޕޮޒިޓިވް ވި 30 މީހުންނާއެކު ރާއްޖޭގެ ކޮވިޑް ޕޮޒިޓިވް ކޭސްތަކުގެ އެަދަދު 1،216 އަށް އެރީ އެވެ. އިއްޔެ ރާއްޖެއިން ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ރިޕޯޓްކޮށްފައި ވަނީ ކޮވިޑް ބަލީގެ 43 ކޭހެވެ. މިއަދަދަށް މީހުނަށް ބަލި ޖެހިފައިވާއިރު 91 މީހަކު ބަަލީން ރަނގަޅުވެ ހަތަރު މީހަކު މަރުވެސް ވެފައި ވެއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރައްކާތެރި ކަމުގެ ބޮޑެތި ފިޔަވަޅުތަައް އާޅާފައިވާ ރާއްޖޭގައި މިދިއަ މަހު މާލެއިން ބަލީގެ މީހަކު ފެނުނު ފަހުން ކޮންމެ ދުވަހަކު ވެސް ކޮންމެވެސް އަދަދަކަށް މީހުން ބައްޔަށް ޕޮޒިޓިވް ވެއެވެ.

ނަމަވެސް ސަރުކާރުން މިހާރު ނިންމާފައި ވަނީ ފިޔަވަހި ތަކެއްގެ ތެރެއިން ފިޔަވަޅުތައް ލުއި ކުރަން ފަށާއި ރާއްޖެ އަލުން ހުޅުވާލުމާއެކު އާންމު ހާލަތަށް ދާށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345