ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްއެންޑީއެފް

ކޭކޭ އާއި ބީކޭން ތިން ސިފައިން ޕޮޒިޓިވްވި

ކޮވިޑަށް ޕޮޒިޓިވްވެފައިވާ ސިފައިންގެ ތެރޭގައި ބަންޑާރަ ކޮށީގައި ހުރި މީހަކާއި ކަޅުތުއްކަލާ ކޮށީގައި ތިބި ސިފައިންގެ ތެރެއިން ދެ މީހަކު ހިމެނޭ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

އެމްއެންޑީއެފް ގެ ފަސް މީހަކު ހިމެނޭ ކަމަށް އެމްއެންޑީއެފުން މިއަދު ކުރިން ވެސް ވަނީ ބުނެފަ އެވެ. އަދި އެމީހުނާ ގުޅުންހުރި ގިނަ އަދަދެއްގެ ސިފައިން ކަރަންޓީނު ކޮށްފައިތިބި ކަމަށް ވެސް އޭރު ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭރަކު ނުދެ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ކޭސްތަކުގެ ތަފްސީލް ހާމަ ކުރައްވާ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ވެފައިވާ ސިފައިންގެ ތެރޭގައި ބަންޑާރަ ކޮށިން ޕޮޒިޓިވްވި ސިފައިންގެ މީހަކާއި ކަޅުތުއްކަލާ ކޮށިން ޕޮޒިޓިވްވި ދެ މީހަކު ހިމެނޭ ކަމަށެވެ. ބަންޑާރަ ކޮށިން ޕޮޒިޓިވްވި ސިފައިންގެ މީހާއާ ގުޅިގެން 48 މީހަކު ފާހަގަ ވެފައިވާއިރު ކޭކޭއިން ޕޮޒިޓިވްވީ ސިފައިންގެ ދެ މީހުނާ ގުޅޭ 46 މީހަކު ކޮންޓެކްޓްރޭސިންގެ ތެރެއަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ދެން ޕޮޒިޓިވްވެފައި ވަނީ ކޮވިޑް ވިލެޖްގައި މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ ދެ މީހެކެވެ. އެ ދެ މީހުން ޕޮޒިޓިވްވުމާއި ގުޅިގެން 23 މީހަކު ކޮންޓެކްޓްރޭސިންގެ ތެރެއަށް ގެންދިޔަ އެވެ.

އަފްޒަލް ވިދާޅުވީ ސިފައިންގެ ތެރެއިން ޕޮޒިޓިވްވީ ކޭސްތަކާއި ގުޅިގެން އަދިވެސް ކޮންޓެކްޓް ޓެރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއަދުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ 600 އެއްހާ ފުލުހުންނާއި ސިފައިން ގެއަށް ނުގޮސް މަސައްކަތުގައި އެބަތިބި ކަމަށެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ސަލާމަތީ ބާރުތަކާއި ސިއްހީ ހިދުމަތްތެރިންނާއި އަދި އެހެނިހެން އިދާރާތަކުގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ހާއްސަ އިސް ކަމެއް ދޭ ކަމަށެވެ.