ހަބަރު

ރޯޑް ރޭހުގެ ފައިސާ ދިރާގުން އަށް އެންޖީއޯކަށް ހަދިޔާކޮށްފި

Sep 16, 2015

ދިރާގު ރޯޑް ރޭހުގައި ލިބުނު ފައިސާއިން ފަސް މަދަނީ ޖަމިއްޔާ އަކަށް 30،000ރ. އަދި ތިން ޖަމިއްޔާ އަކަށް 10،000ރ. ހަދިޔާކޮށްފި އެވެ. 

ދިރާގުން ފައިސާ ހަދިޔާ ކުރީ އަށް ޖަމިއްޔާއަަކަށެވެ. އެއީ ޖުމްލަ 180،000ރ.  އެވެ. 

މިއަދު ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންޖީއޯ ތަކާއި ފައިސާ ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީ، އިސްމާއިލް ރަޝީދު އެވެ.

ދިރާގު ރޯޑް ރޭހަކީ، ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ބައިނަލް އަގުވާމީ ދުވުމުގެ މިންގަނޑުތަކާ އެއްގޮތަށް އިންތިޒާމުކޮށް ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ފަންޑް ހޯދަން ބާއްވާ ހަރަކާތެވެ.

މި އަހަރުގެ ރޯޑް ރޭހުގައި ދިރާގުގެ ފަރާތުން ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 100،000ރ ހަދިޔާ ކޮށްފައެވެ. އެފައިސާ ބަހާފައިވަނީ ދުވުމުގައި ބައިވެރިވި މީހުންގެ ވޯޓުން ހޮވުނު ފަސް އެންޖީއޯ އަަކަށެވެ.

މި އަހަރުގެ ދިރާގު ރޯޑް ރޭހުގައި ބައިވެރިވި މީހުންގެ ތެރެއިން ދުވުމުގައި ބައިވެރިވިމީހުންގެ ވޯޓުން ހޮވުނު ފަސް އެންޖީއޯގެ ތެރޭގައި، އާކް، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް، އެސޯސިއޭޝަން އޮފް ޕީޕަލް ވިތު ފިޒިކަލް ޑިސެބިލިޓީސް ހިމެނެއެވެ.

މީގެ އިތުރުން ޓީޝާޓް ވިއްކައިގެން ލިބުނު ފައިސާ އިން އިތުރު ތިން ސޮސައިޓީއަކަށް ވަނީ 10،000ރ ދީފައެވެ. ރޯޑް ރޭހުގެ ޓީޝާޓު ވިއްކައިގެން އެއްކުރެވުނު 80،000 ރުފިޔާ ވަނީ އަށް އެންޖީއޯ އަކަށް 10،000ރ ގެ މަގުން ބަހާލާފައެވެ.

މި ރަސްމިއްޔާތުގައި ވަނީ ދުވުމުގައި ބައިވެރިވެ އުމުރުފުރާތަކުން ވަނަ ވަނައަށް ހޮވުނު ފަރާތްތަކަށް ރަސްމީކޮށް ސެޓްފިކެޓާއި އިނާމު ވެސް ހަވާލުކޮށްފައެވެ.