ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއަދުގެ އަދަދު 28 އަށް

މިއަދުގެ މިހާތަނަށް ރާއްޖެއިން 28 މީހަކު ކޮވިޑް-19 ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ދެންމެ ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަަށެވެ. އެއީ ހަތަރު ދިވެހިންނާއި ލަންކާ މީހެކެވެ. މީގެ ކުރިން 23 މީހަކު މިއަދު ޕޮޒިޓިވްވިއެވެ. އެފަހަރު ޕޮޒިޓިވްވެފައިވާ 23 މީހުންގެ ތެރޭގައިވެސް ގިނައީ ދިވެހިންނެވެ. އެއީ 17 ދިވެހިންނެވެ.

ދެން ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި އިންޑިއާ މީހަކާއި ނޭޕަލް މީހެކެވެ.

ހުކުރު ދުވަހުވެސް ވަނީ 23 މީހަކު ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން ބުނީ އިއްޔެ ޕޮޒިޓިވްވީ 12 ދިވެހިންނާއި ބަންގަލްދޭޝްގެ ނުވަ މީހަކާއި އިންޑިއާ ދެ މީހެކެވެ.

އެހެން ކަމުން ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 519 އަށް އަރާފައެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވީ ދުވަހެކެވެ. ބުރާސްފަތި ދުވަހު އެކަނިވެސް 191 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.