ކަނޑިންމަ ރިސޯޓުން އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ ކަނޑިންމަ ރިސޯޓުން އިތުރު 33 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ އެ ރިސޯޓް ގެ 12 މުވައްޒަފެއްގެ އިތުރުން އެ ރަަށުން ފުރާފައިވާ 21 މީހެއްގެ ސާމްޕަލް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެ މީހުންގެ ތެރެއިން ދެ މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ބުންޏެވެ.
އެއާއެކު އެ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން އަދަދު ވަނީ 19 އަށް އަރައިފަ އެވެ.
ކޮންޓެކްޓް ޓްރޭސިންގް އާއި އިތުރު ސާމްޕަލް ނެގުމުގައި ދ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެ ރިސޯޓުގައި ދަނީ ހަރަކާތްތެރިވަމުންދާއިރު އިއްޔެ ހަވީރުން ފެށިގެން އެ ރިސޯޓަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ.
ރާއްޖެއިން ކޮވިޑްގެ ބަލީގެ މީހަކު ފެނުނުތާ މިއަދަކީ 237 ދުވަސް ކަމަށް ވާއިރު މިހާތަނަށް ކޮވިޑް-19 އިގެ ބަލި މީހުން ދެނެގަތުމަށް ދެ ލައްކައަށްވުރެ ގިނަ ޓެސްޓް ވަނީ ކޮށްފަ އެވެ.
މިހާރު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11,700 އަށް ވުރެ މައްޗަށް އަރައިފަ އެވެ.