ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

މާލޭގެ ފެސިލިޓީސްތަކަށް އަތޮޅުތަކުން ސިއްހީ އެހީތެރިން ގެންނަނީ

މާލޭ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާތީ ކޮވިޑަށް ހާއްސަ ކޮށްފައިވާ ފެސިލިޓީތަކަށް ރަށްރަށުގެ ސިއްހީ އެހީތެރިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން މިގޮތަށް އަމާޒު ހިފާފައިވާއިރު ގިނަ އަދަދެއްގެ ސިއްހީ އެހީތެރިން ހޯދަން ވެސް އެ ސެންޓަރުން ވަނީ އިއުލާން ކޮށްފަ އެވެ.

ކޮވިޑްގެ ނަންބަރު އިތުރުވަމުންދާ މިންވަރުން ސިއްހީ އެހީތެރިން ކުރަންޖެހޭ މަސައްކަތް އިތުރުވެފައިވާ ކަމަށާ އޭގެ ސަަަބަބުން ނަރުހުންނާއި ޑޮކްޓަރުން މިހާރު ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށް މީގެ ކުރިން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެންބަރު ޑރ. ނަޒްލާ މުސްތަފާ ވަނީ ވިދާޅުވެފަ އެވެ. އަދި ދުވަހެއް ދުވަހަކަށް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު ބަލި މީހުންނަށް ފަރުވާދޭން ސިއްހީ އެހީތެރިން މަދުވެދާނެ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ޓެގް ޓީމުގެ މެމްބަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވީ މިހާރު ބަލި ޖެހޭ މީހުން އިތުރުވަމުން ދަނީ މާލޭ ސަރަހއްދުގައި ކަމަށްވެފައި އިންސާނީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންވަނީ މާލޭ ސަރަހައްދުގައި ހުރި ފެސިލިޓީސް ތަކަށް ކަމަށެވެ. އެހެންވެގެން ސިއްހީ އެހިތެރިންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު އަތޮޅުތަކުގެ އެކި ރަށްރަށުންނާއި ރާއްޖެއިން ބޭރުން ސިއްހީ އެހީތެެރިން ގެނައުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ސިއްހީ ހިދުމަތްތެރިންނަކީ ވަރަށް ބޮޑު ރިސްކެއްގައި މަސައްކަތް ކުރަންޖެހޭ ބަޔަކަށްވާއިރު މިހާތަނަށް 121 ސިއްހީ ހިދުމަތްތެރިޔަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި ބަލި މީހުންނާއި ކޮންޓެކްޓްވުމުގެ ސަބަބުން ސިއްހީ އެތައް ހިދުމަތްތެރިންނެއް މަސައްކަތާއި ދުރުގައި ވެސް ތިބެން ޖެހިފައިވެ އެވެ.

ރާޢްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 7000 އަށްވުރެ މައްޗަށް ގޮސްފައިވާއިރު 28 މީހަކު މަރުވެފައި ވެއެވެ.