ކޮވިޑް-19 އިގެ އެކްޓިވް ކޭސްތަކުގެ އަދަދު 19،670 ގައި ހުރިއިރު އޭގެ ތެރޭގައި 5،732 ކުދިން ހިމެނޭ ކަމަށް ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީން ބުނީ ކޮވިޑް ޖެހި ފަސޭހަނުވެ ތިބި މީހުންގެ ތެރޭގައި ހިމެނޭ 3،242 ކުދިންނަކީ އުމުރުން 10 އަހަރުން ދަށުގެ ކުދިން ކަމަށެވެ. އަދި 10 އަހަރާއި 17 އަހަރާ ދެމެދުގެ 2،490 ކުދިން ހިމެނޭ ކަމަށެވެ.
އުމުރުން 18 އަހަރާއި 29 އަހަރާ ދެމެދުގެ 5،607 މީހުން ތިބިއިރު 30 އަހަރާއި 39 އަހަރާ ދެމެދުގެ 5،740 މީހުން ކޮވިޑް ޖެހިފައި އެބަތިއްބެވެ.
އުމުރުން 40 އަހަރާއި 49 އަހަރާ ދެމެދުގެ 3،062 މީިހަކު އެކްޓިވްސް ކޭސްތަކުގެ ތެރޭގައި ހިމެނޭއިރު 60 އަހަރާއި 69 އަހަރާ ދެމެދުގެ 1،895 މީހަކަށް ކޮވިޑް ޖެހިފައި ވެއެވެ. ދޮށީ އުމުރުގެ 1،514 މީހަކަށް ކޮވިޑް ޖެހިފައި ވާއިރު އުމުރު ކަށަވަރު ނުވާ 450 މީހަކު ވެސް ހިމެނެއެވެ. އެއީ އެ މީހުންގެ އަތުގައި ގާނޫނީ އެއްވެސް ލިޔެކިޔުމެއް ނެތް މީހުންނެވެ.
ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 48،086 މީހަކު ވަނީ ރަނގަޅުވެފަ އެވެ.