ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެޗްޕީއޭ ވެބްސައިޓް ހެކްކޮށް، ސަރުކާރަށް އިންޒާރެއް!

May 3, 2020

ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) ގެ ވެބްސައިޓު ހެކްކޮށް ސަރުކާރަށް އިންޒާރެއް ދީފި އެވެ.

ކޮވިޑް-19 އާ ގުޅޭ ގިނަ މައުލޫމާތުތައް ހިމެނޭ އެޗްޕީއޭގެ ވެބްސައިޓަށް ވަންނައިރު ފޯވަޑް ވަނީ ޔޫޓިއުބް ވީޑިއޯއަކަށެވެ. އެ ވީޑިއޯގައި މާސްކެއް އަޅައިގެން ހުންނަ މީހަކު ބުނާ ގޮތުން ސަރުކާރުން ކޮވިޑް-19 އިހުމާލުވެފައިވާ ކަމަށާއި އަޅާފައިވާ ފިޔަަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ނަމަވެސް އިތުރަށް މަޑެއް ނުކުރާނެ ކަމަށާއި ކޮމްޕިއުޓާ ސާވާތަކަށް ހަމަލާދީ ދައުލަތުގެ ސިއްރު މައުލޫމާތުތަކާއި ޑޮކިއުމަންޓުތައް ހާމަ ކުރާނެ ކަމަށާއި މިހާރުގެ ރޭވުންތަކަށް ބަދަލު ނުގެންނަހާ ހިނދަކު އެ ހަމަލާތައް ކުރިޔަށް ގެންދާނެ ކަމަށް އޭނާ ބުނެ އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު އަވަސްއަށް ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

މިހާރު އެޗްޕީއޭގެ ވެބްސައިޓް ވަނީ ޑައުންކޮށްލައިފަ އެހެން ނަމަވެސް ސޯޝަލް މީޑިއާ އާއި ޔޫޓިއުބްގައި އަދިވެސް އެ ވީޑިއޯ އެބަ ދައުރުވެ އެވެ.