ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހާލު ޖެހޭ ބިދޭސީންނަށް އެހީވާނެ ފަންޑެއް

May 3, 2020
5

ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ސަބަބުން ހާލުގަައި ޖެހޭ ބިދޭސީންނަށް އެހީވުމަށް ފަންޑެއް ހުޅުވަައިފި އެވެ.

މި ފަންޑު ހުޅުވާފަައި ވަނީ ދިވެހި ރެޑްކްރެސްޓްްގެ ފަރާތުންނެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ބިދޭސީންނަށް ޒަރޫރީ ބޭނުންތަކުގައި އެހީތެރިކަން މިހާރު ވެސް ފޯރު ކޮށްދެމުން ދަނީ އެ ޖަމާއަތުންނެވެ.

އެ ގޮތުން ފުލުހުން ބަލަހައްޓަމުންދާ 23 ތަނެއްގައި ދިރިއުޅޭ ހާހަކަށްވުރެ ގިނަ ބިދޭސީންގެ ކަންކަން އަދި ކަރަންޓީން ފެސިލިޓީތަކުގައި ތިބި ބިދޭސީންގެ ކަންކަން ވެސް ރެޑް ކްރެސްޓުން ދަނީ ބަލަހައްޓަމުންނެވެ.

މިއަދު ރެޑްކްރެސްޓްގެ ރައީސް އަލީ ނާޝިދު ވިދާޅުވީ މި މަހުގެ ފުރަތަމަ ދުވަހު އެ ޖަމިއްޔާއިން ހުޅުވި ފަންޑަކީ ކޮވިޑްގެ ބަލިމަޑުކަމުގަައި ހާލުގަައި ޖެހޭ ބިދޭސީންނަށް އެހީ ވާން ހުޅުވި ފަންޑެއް ކަމަށެވެ. އަދި މި މުއްދަތުގައި ފަންޑަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

''ކޮވިޑް-19 މައިގްރެންޓް ރިލީފް ފަންޑު'' ގެ ނަމުގައި ހުޅުވާފައިވާ މި ފަންޑަށް ރެޑްކްރެސެންޓްގެ ވެބްސައިޓް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވެ އެވެ.