ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުހައްމަދު މަލީހު ޖަމާލް

އެޗްޕީއޭ ވެބްސައިޓް ހެކްކުރި މައްސަލަގެ ތަހުގީގު ފަށައިފި

ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) ގެ ވެބްސައިޓު ހެކްކޮށް ސަރުކާރަށް އިންޒާރެއް ދިން މައްސަލަ ތަހުގީގީ އިދާރާތަކާއި ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅޭ ގިނަ މައުލޫމާތުތައް ހިމެނޭ އެޗްޕީއޭގެ ވެބްސައިޓަށް ވަންނައިރު ފޯވަޑް ވަނީ ޔޫޓިއުބް ވީޑިއޯއަކަށެވެ. އެ ވީޑިއޯގައި މާސްކެއް އަޅައިގެން ހުންނަ މީހަކު ބުނާ ގޮތުން ސަރުކާރުން ކޮވިޑް-19 އިހުމާލުވެފައިވާ ކަމަށާއި އަޅާފައިވާ ފިޔަަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ނަމަވެސް އިތުރަށް މަޑެއް ނުކުރާނެ ކަމަށާއި ކޮމްޕިއުޓާ ސާވާތަކަށް ހަމަލާދީ ދައުލަތުގެ ސިއްރު މައުލޫމާތުތަކާއި ޑޮކިއުމަންޓުތައް ހާމަ ކުރާނެ ކަމަށާއި މިހާރުގެ ރޭވުންތަކަށް ބަދަލު ނުގެންނަހާ ހިނދަކު އެ ހަމަލާތައް ކުރިޔަށް ގެންދާނެ ކަމަށް އޭނާ ބުނެ އެވެ.

މަލީހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ނާޒުކު ދަނޑިވަޅުގައި އެޗްޕީއޭގެ ވެބްސައިޓް ހެކް ކުުރުމަކީ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށެވެ.

"..މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ތަހުގީގު އިދާރާތަކާއި ގުޅިގެން މިކަން ތަހުގީގު ކުރާނަން. އެކަން ފެށިގެން މިހާރު ދަނީ ކުރިއަށް." މަލީހުގެ ޓްވީޓްގައިވެއެވެ.

ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު އަވަސްއަށް ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.