ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކަނބާލިފަރުގައި މަރުވި މީހެއް ޓެސްޓްކުރަނީ

ށ. ކަނބާލިފަރުގައި މަރުވި ބިދޭސީއެއް ކޮވިޑަށް ޓެސްޓް ކުރަން ނިންމާފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކަނބާލިފަރުގައި މަރުވި ބިދޭސީއެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. ގޮތް ނޭންގޭ މަރުތަކާއި ގުޅިގެން ސާމްޕަލް ނަގާ ޓެސްޓް ކުރާ ކަމަށާ އެހެން ކަމުން އެ މީހާގެ ސާމްޕަލް ނަގާ ޓެސްޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މަބުރޫކް ވިދާޅުވީ މިވަގުތު އޭނާގެ ހަށިގަނޑު މާލެ ގައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑް ޖެހިގެން މިއަދުވެސް ވަނީ ބިދޭސީއަކު މަރުވެފައެވެ. ނަމަވެސް އޭނާ މަރުވެފައިވަނީ ކޮވިޑްގެ ސަބަބުން ކަމަށް ނުބެލޭ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. ސަބަބަކީ އޭނާގެ ބޮލަށް ގެއްލުންވެ. ސިކުނޑިއަށް ލޭ އެޅިފައިވުމެވެ.

މީގެ ކުރިން، ތިނަދޫގައި މަރުވި ދުވަސްވީ ދެ މީހަކާއި، މާލޭގައި މަރުވި މީހެއްގެ ސާމްޕަލްވެސް ނަގާ ޓެސްޓްކޮށްފައިވެއެވެ. އެމީހުން ކޮވިޑަށް ޓެސްޓް ކޮށްފައިވަނީ ވަޅުލުމުގެ ކުރިން އެމީހުންނަށް ކޮވިޑް ޖެހިފައިވޭތޯ ޔަގީން ކުރުމަށެވެ. އެ މީހުންނަކީ ނޭވާލުމުގެ މައްސަލަތަކެއް ދިމާވެގެން މަރުވި ދުވަސްވީ ތިން މީހުންނެވެ.

ކޮވިޑް ޖެހިފައިވާ މީހުން ވަޅުލަނީ ހިނެވުމުގެ ބަދަލުގައި ތަޔަންމަމު ކުރުމަށްފަހުއެވެ. އެއީ މި ހާލަތުގައި ރައްކާތެރިވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ލަފަޔާއެކު ކުރަން ނިންމި ކަމެކެވެ.