ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތަކަންދޫ

ތަކަންދޫން ޕޮޒިޓިވްވި ކުއްޖާގެ ދެވަނަ ނަތީޖާ ނެގެޓިވް

May 7, 2020

ހއ. ތަކަންދޫން ކޮވިޑަށް ޕޮޒިޓިވްވި ފަސް އަހަރުގެ ކުއްޖާގެ ދެވަނަ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެއްޖެ އެވެ.

ތަކަންދޫން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ދެ އަންހެނުންނާއި އަންހެން ކުއްޖެކެވެ. އެއީ ފަސް އަހަރުގެ އަންހެން ކުއްޖެކެވެ.
އެ އަންހެން ކުއްޖާ ހުރީ އޭނާގެ މަންމައާއެކު ދޮނަކުޅި އައިލެންޑް ހަޑަވޭ ގައެވެ.

އެޗްޕީއޭއިން މިއަދު ވަނީ އެ ކުއްޖާގެ ދެވަނަ ސާމްޕަލް ނެގެޓިވް ކަމަށް އާއިލާއަށް އަންގާފަ އެވެ. އަދި އިތުރު ޓެސްޓެއް ހަދަން މިއަދު ވަނީ ސާމްޕަލް ނަގާފަ އެވެ.

ތަކަންދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުން ކަރަންޓީނަށް ގެންދިޔަ އިރު ފުރަތަމަ ގެންދިޔަ މީހުންގެ ތެރޭގައި އެ ކުއްޖާ ނުހިމެނެ އެވެ. އެ ފަހަރު އޮޅިގެން ފުރަތަމަ ގެންދެވުނީ ނަން އެއް ގޮތް އެހެން ކުއްޖެކެވެވެ.