ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 24 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 21 ބިދޭސީންނާއި ތިން ދިވެހިން ކަމަށެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 20 މީހަކާއި އިންޑިއާގެ މީހެކެވެ.

މި 24 މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 642 އަށް އަރާފަ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވީ ފަހުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. ނަމަވެސް މިދިޔަ ހަފުތާގެ ދުވަސްތަކަށްވުރެ މި ހަފުތާގައި ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދު މަދެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކު ޕޮޒިޓްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު އެކަނި ވެސް 191 މީހުން ޕޮޒިޓިވްވި އެވެ.

ސިއްހީ މާހިރުން ވަނީ ކުރިއަށް އޮތް ދެ ހަފުތާގައި މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާ ކޮށްފަ އެވެ.