ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭގެ އަދަދު 1،600 އަށް ވުރެ މައްޗަށް

May 30, 2020
1

ކޮވިޑް-19 އަށް އިތުރު 42 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

އަލަށް ޕޮޒިޓިވްވީ ދިވެއްސަކާއި ބަންގްލަދޭޝްގެ 28 މީހަކާއި އިންޑިއާގެ 13 މީހެކެވެ. މި އަދަދަށް މިއަދު މީހުން ކޮވިޑަށް ޕޮޒިޓިވް ވުމުން ރާއްޖެއިން އެ ބައްޔަށް ޕޮޒިޓްވްވެ ފަރުވާ ދޭ މީހުންގެ އަދަދު 1،633 އަށް އެރީ އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 242 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި ކޮވިޑްގައި މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.

އެންމެ ފަހުން މި ބަލީގައި މަރުވި ބިދޭސީ މީހާ ބައްޔަށް ޕޮޒިޓިވްވީކަން އެނގުނީ މަރުވި ފަހުންނެވެ. އޭނާ ފެނިފައިވަނީ ވެސް މަގުމައްޗަށް މަރުވެގެން ވެއްޓިފައި އޮއްވަ އެވެ.

ކޮވިޑްގެ ބަލި މީހުން ފެނަން މިންވަރު މަދުވަމުންދާތީ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއް ސަރުކާރުން މިހާރު ވަނީ ދީފައެވެ.