ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޑަކުދިން

ކުޑަކުދިންނަށް މިއަދު ލިބޭނީ ތަހުނިޔާގެ މެސެޖެއް!

ސްކޫލުގެ ކުޅިވަރުތައް ބަލަން ކޮންމެ ކުއްޖަކުވެސް އެ ދުވަހު ދަނީ ވަރަށް ރީތި ވެލައިގެންނެވެ. ކޮންމެ އަހަރަކު އާ ތީމް އަކަށް، މުޅި ސްކޫލް އޮންނާނީ ރީތި ކޮށްލާފަ އެވެ. ފުއްޕާހަމާއި ވިިދާ ތަރި އާއި ކުދިންގެ ހިތަށް އުފާވެރިކަން ގެނުވާނެހާ ކަމެއް ސްކޫލުން ކޮށްދީފައި ހުރެ އެވެ. ސްކޫލަށް ވަދެގެން ދާއިރު ބޮލުގައި އެ ކުދިންގެ ފޭވަރިޓް ޓީޗަރުން އަަޅުވާލާ ތާޖުވެސް ވަރަށް ހާއްސަ އެވެ. ފޮތްތަކާ ކިޔެވުމާ ދުރުން ދުވަހުގެ ހަރަަކާތްތަކުގައި ޓީޗަރުންނާއެކު ހޭދަ ކުރާ ވަގުތު އެއީ އުފާވެރި ވަގުތުތަކެކެވެ. އެ ދުވަހު ޓީޗަރުން ވެސް އެއީ ގާތް އެކުވެރިންނެވެ. ކިޔެވުމުގެ ވާހަކަ އެއް ނުދައްކާނެ އެވެ. އޮންނާއި ސަކަރާތް ޖަހާލުމާއި އުފާކޮށްލުމާއި މަޖަލެވެ. މިއަދާ ޖެހެންދެން ވެސް މި ހަރަކާތްތައް އޮތެވެ.

ދުނިޔެ އަށް ދިމާވި ކޮވިޑް-19 އިގެ ވައިރަހުގެ ސަބަބުން ކުޑަކުދިންގެ ދުވަސް އައިކަން ކުޑަކުދިންނަކަށް ވެސް ނޭނގެ އެވެ. ދުވަހުގެ މަރުހަބާ ކިޔުމުން ގިނަ ކުދިންނަށް އަހައިލެވޭނީ މިއަދު މިއީ ކުޑަކުދިންގެ ދުވަސް ހެއްޔޭ އެވެ. ދެން ސްކޫލް މަތިން ވަރަށް ހަނދާންވާނެ އެވެ. ޓީޗަރުން މަތިން ވަރަށް ހަނދާންވާނެ އެވެ.

ބައެއް ކުދިން މިދިޔަ އަހަރު ކުޑަކުދިންގެ ދުވަސް ފާހަގަ ކުރި ގޮޮތް ކިޔައިދީފާނެ އެވެ. އެ ދުވަހު ޓީޗަރުންނާއެކު ޖެހި މަޖަލުގެ އުފާވެރި ވާހަކަތަކެވެ. ކުޑަކުދިންނާ އެންމެ ގާތުގައި ވަނީ ޓީޗަރުންނެވެ. އެ ކުދިންނާއެކު އެންމެ ގިނަ ވަގުތުވެސް ހޭދަ ކުރަނީ ޓީޗަަރުންނެވެ.

މިއަދު ރާއްޖޭގައި ފާހަގަ ކުރާ ކުޑަކުދިންގެ ދުވަހު ޓީޗަރުން ވަނީ ކުދިންނަށް ހާއްސަ މެސެޖުތަކެއް ފޮނުވާފަ އެވެ. އެކުދިން ޓީޗަރުންނާ ގާތުގައި ނެތަސް މި މެސެޖުތައް ފޮނުވީ ހިތުން ހިތަށެވެ. ރާއްޖޭގެ ގިނަ ސްކޫލްތަކުން ވަނީ ޓީޗަރުންގެ މެސެޖުތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. ޓީޗަރުންނާއި ސުޕަވައިޒަރުންނާއި ޕްރިންސިޕަލުން ވެސް ހިމެނޭ ގޮތަށެވެ. ލަވަ އާއި ޅެެމާއި އެކި ވީޑިއޯތަކުންނެވެ. ކުދިންނާއި ޓީޗަރުންް އެކުގައި ހޭދަ ކޮށްފަައި ހުރި އުފާވެރި ދުވަސްތަކުގެ ފޮޓޯތަކެވެ. ދުވަހުގެ ތަހުނިޔާ ފޯނުން ބަލަައިލަން މިއަދު މަޖުބޫރެވެ. ފާހަގަ ކުރެވެން އޮތީ މިގޮތަށެވެ.

"ތިޔަ ދަަރިވަރުންނާ ކިތަންމެ ދުރުގައި ތިއްބަސް އަޅުގަނޑުމެން ހުރިހާ މުދައްރިސުންނާއި ސްޓާފުން ވަނީ ތިޔަ ދަރިވަަރުންނާ ގާތުގައި. ދަރިވަރުންގެ ހަނދާންތައް އަބަދުވެސް އާވޭ. ލޯތްބާއެކު އުފާވެރި ކުޑަކުދިންގެ ދުވަހަކަށް އެދެން" ދުވަހާ ގުޅުވައި، އިމާދުއްދީން ސްކޫލުން ނެރެފައިވާ ވީޑިއޯ ލަވަ އެއްގައި ހިމަނާފައި ވެ އެވެ.

"ކުޑަކުދިންގެ ދުވަސް އުފާވެރި ކޮށްލެވޭނެ ގޮތެއް ނެތޭ، ގިސްލެވޭ އިސްކަންދަރުގެ ލޯ އަދު ހިކޭނެ ގޮތެއް ނެތޭ، ކޮންމެ އަހަރަކު މޭ ގެ 10 ގެނުވި ފަރިކަން ގެއްލިފައި، އެންމެ ލޮބުވެރި ދަރިވަރުންނާ ޓީޗަރުންވީ ދުރުވެފައި، އަދު މި ގޭޓުން މަރުހަބާ އެއް ދެންނެވޭނެ ގޮތެއް ނެތޭ.." އިސްކަންދަަރު ސްކޫލުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ލަވަ އެއްގައި ބުނެ އެވެ.

މިއީ އިސްކަންދަރު ސްކޫލުގެ 59 ވަނަ އަހަރީ ދުވަހާ ވެސް ގުޅުވައިގެންް ނެރުނު ލަވަ އެކެވެ.

ގދ. ތިނަދޫ ސްކޫލުގައި ވެސް ވަނީ ވީޑިއޯ އެއް ހަދައި ސްކޫލް ކުދިންނަށް ހިއްސާ ކޮށްފަ އެވެ. އެ ކުދިންގެ ޓީޗަރުން ދުރުގައި ތިބި ކަމުގައި ވިޔަސް، މައިންބަފައިންގެ އަޑު އަހައި ކިޔަމަންތެރިވުމަށް ވަނީ ނަސޭހަތް ދީފަ އެވެ. އަަދި ކިޔެވުމާއި ދުރު ނުވުމަށް ވެސް އެދިފައިވެ އެވެ.

ކުޑަކުދިންގެ ދުވަހު މިއަދު ހުރިހާ ޓީޗަރުން ވަނީ ކުދިންނަށް ދުވަހުގެ ތަހުނިޔާ ކިޔާފަަ އެވެ. ޓީޗަރުން އެކުދިން މަތިން ހަނދާނެއް ނުނެތެ އެވެ. ނަސޭހަތްތެރި ވަނީ ސްކޫލާއި ޓީޗަރުންނާ ދުރުގައި ތިއްބަސް ކިޔެވުމާ ދުރު ނުވުމަށެވެ. އަދި ގޭގައި ތިބޭ އިރު، ސިއްހީ މާހިރުންދޭ އިރުޝާދުތަކަށް ސަމާލުވެ ބެލެނިވެރިންގެ އަޑު އަހާ ކުދިބަަޔަކަށް ވުމަށެވެ. ގިނަ ޓީޗަރުންް ވަނީ އެކުދިން މަތިން ހަނދާންވާ ކަމަށް ބުނެފަ އެވެ. އަދި ގޭގައި ތިބެ މަސް ދުވަސް ވާން ގާތްވާއިރު އެކުދިން އެ ދައްކާ ހިތްވަރަށް ސާބަސް ދީފައި ވެ އެވެ.