ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 900 އިން މައްޗަށް

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 900 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިއަދު ކޮވިޑަށް އިތުރު ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި، ބަންގްލަދޭޝްގެ ތިން މީހެއްގެ އިތުރުން އިންޑިއާގެ ދެ މީހެކެވެ.

މިރޭ ޕޮޒިޓިވްވީ މީހުންގެ އަދަދާއެކު ރާއްޖެއިން ޕޮޒިޓިވްވީ އަދަދު ވަނީ 904 އަށް އަރާފައެވެ. އޭގެ ތެރޭގައި 599 ބިދޭސީންނާއި 305 ދިވެހިންނެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތަފާސް ހިސާބް

  • ބަލި ޖެހުނު ދިވެހިންގެ އަދަދު 305
  • ބަލި ޖެހުނު ބަންގްލަދޭޝް މީހުންގެ އަދަދު 495
  • ބަލި ޖެހުނު އިންޑިއާ މީހުންގެ އަދަދު 72
  • ބަލި ޖެހުނު އިޓަލީ މީހުންގެ އަދަދު 11
  • ބަލި ޖެހުނު ނޭޕާލް މީހުންގެ އަދަދު 10
  • ބަލި ޖެހުނު ސްރީލަންކާ މީހުންގެ އަދަދު 05
  • ބަލި ޖެހުނު ޕާކިސްތާނު މީހުންގެ އަދަދު 03
  • އެހެނިހެން 04
  • ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ބަލި މީހުންގެ އަދަދު 13

މިދިޔަ މަހުގެ 15 ގައި މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށި ފަހުން މިހާތަނަށް ކޮންމެ ދުވަހަކުހެން ގިނަ ބަޔަކު ޕޮޒިޓިވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި މި ދެ ހަފުތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ އެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.