ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑު-19: އިތުރު 46 މީހަކު ގަަދަވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 46 މީހަކު ރަނގަޅު ވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ރަނގަޅުވި 46 މީހުންނާއެކު ރާއްޖޭގައި އެ ބަލިން ޝިފާ ލިބި، ގަދަވި މީހުންގެ އަދަދު 763 އަށް އަރާފައިވާ ކަމަށެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 18 މީހުންނެވެ. އެ މީހުންނާއެކު ރާއްޖޭގެ ނަންބަރު ވަނީ 1901 އަށް އަރާފަ އެވެ. ބައްޔަށް ފަރުވާ ހޯދަމުންދަނީ 1128 މީހުން ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން މިހާތަނަށް 28،940 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އެ އެޖެންސީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ މީހުންގެ ސާމްޕަލް ނަގަ އެވެ. އެ ސާމްޕަލް އައިޖީއެމްއެޗާއި އޭޑީކޭ އަދި ޕޮލިސް ލެބްގައި ޓެސްޓް ކުރެވެމުން ދެއެވެ.