ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސުކޫލްތަކާއި އޮފީސްތައް ބަންދުވާނެ: މިނިސްޓަރު

ލޮކްޑައުންއަށް ލުއިތަކެއް ދިން ނަމަވެސް ސަރުކާރުގެ އޮފީސްތަކާއި ސުކޫލްތައް ހުޅުވުމަށް ނިންމާފައި ނުވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅު ވެއްޖެ އެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފަ އެވެ. ލޮކްޑައުންގެ ހާލަތުގައި ގިނަ ކަންތައްތަކެއް ހިފަހައްޓާފައިވީ ނަމަވެސް މާދަމާއިން ފެށިގެން ލުއިތަކެއް ދިނުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް ލުއި ނުދޭ ދާއިރާތަކެއް ވެސް ވެއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ލޮކްޑައުން އުވާލާނީ ފިޔަވަހިތަކަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފުތާގައި ލުއި ދިނުމަށް ނިންމި ނަމަވެސް ސަރުކާރުގެ އޮފީސްތަކާއި، ސުކޫލަތައް ހުޅުވުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި ޕާކްތަކާއި އެއްވެ އުޅޭ ތަންތަން ވެސް ހުޅުވާލަން ހަމަޖެހިފައި ނުވާ ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ދެ ހަފުތާގައި ވެސް މިސްކިތްތައް ހުޅުވަން ހަމަޖެހިފައި ނުވާ ކަމަށެވެ.

ނަމަވެސް ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް އޮންލައިންކޮށް ކިޔަވައިދިނުމުގެ ފުުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ.

މާދަމާއިން ފެށިގެން ގޭބީސީތަކުން ނިކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ބޭރުގައި އުޅެވޭ ވަގުތަކުތައް އިތުރު ކުރުމުގެ ފުރުސަތު ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ބައެއް ކަހަލަ ވިޔަފާރިތަކަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުުރުން މަސްމާރުކޭޓް ހުޅުވުމަށް ވެސް ވަނީ ނިންމާފަ އެވެ.