ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގަައި ހަވަނަ މީހަކު މަރުވެއްޖެ

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެއްޖެ އެވެ

އެޗްޕީއޭއިން ދެންމެ ބުނީ ކޮވިޑްގަައި މިއަދު މަރުވެފަައިވަނީ ބަންގްލަދޭޝް މީހެއް ކަމަށެވެ. އެއީ އުމުރުން 54 އަހަރުގެ މީހެކެވެ. ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އެމީހާ މަރުވީ މެންދުރު 14:30 އެހާކަންހާއިރު އެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި ހަވަނަ މީހާއެވެ. ރާއްޖެއިން ކޮވިޑްގަައި މަރުވެފައިވަނީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންނެވެ. ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 1700 އިން މައްޗަށް އަރާފައިވާއިރު މިހާރުވެސް ކޮވިޑަށް ފަރުވާދޭ މައި ސެންޓަރު ކަމަށްވާ ޓްރީޓޮޕް ހޮސްޕިޓަލްގައި 12 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި އެކަކަށް އަދިވެސް ފަރުވާ ދެނީ އައިސީޔޫގައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 453 މީހުން ވަނީ ރަނގަޅުވެފައެވެ.