ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"އަންނަ ދެ ހަފުތާ މާލެ އައުން ރައްކާތެރި އެއް ނޫން"

މިވަގުތު މާލެ ރައްކާތެރި ނޫން ކަމަށާ އެހެން ކަމުން މާލެއަށް ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން އިލްތިމާސް ކޮށްފި އެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާއަކީ މާލެއިން ފެންނަ ޕޮޒިޓިވް ކޭސްތައް އިތުރުވެގެންދާނެ ދުވަސްތަކެއް ކަމަށް ޓެގް ޓީމުން ލަފާކޮށްފައިވާ ކަމަށެވެ.

ކުރިއަށް އޮތް ދެ ހަފުތާއަކީ، ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ ކަމަށާ އެހެން ކަމުން އެއްވެސް ބަޔަކު މި މުއްދަތުގައި މާލެއަށް ދަތުރު ކުުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް މަބުރޫކް ވިދާޅުވިއެވެ.

"އަންދާޒާއެއް މި ހަދަނީ ދުނިޔޭގައި މި ކަހަލަ ބަލިތައް ފެތުރޭ ގޮތުގެ މޮޑިއުލްއަށް ބެލުމަށްފަހުގައި އަޅުގަނޑުމެންނަށް ރާއްޖޭންވެސް ފެންނަ ނަންބަރުތަކާއި އަޅާ ބަލާފައި މޮޑެލްއެއްގެ ގޮތުގައި ޑިވެލޮޕް މިކުރަނީ އެހެން ގައުމުތަކުގައިވާ ކަންކަމުން ފިލާވަޅު ލިބިގަނެގެން ރާއްޖޭގައި ކަންތައް ވެދާނެ ކަމަށް އަންދާޒާ ކުރެވެނީ ކިހިނެތްތޯ. ދެން އަޅުގަނޑުމެންގެ އަބަދުވެސް އުންމީދަކީ ވީވަރަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކުރުމަށް. ކުރެވޭ ހުރިހާ މަސައްކަތެއް ކުރަނީ އެގޮތަށް. އެހެން ނަމަވެސް މި ކަމުގައި ސައިންސެއް އޮވޭ، ހިސާބު ނަންބަރު ޖެހޭ. ހިސާބު އަކުރު ދައްކަނީ ކުރިއަށް އޮތް ދެ ހަފްތާގައި، މިހާރު ރާއްޖޭގައި ޕޮޒިޓިވްވާ ކޭސްތަކަށް ބަލާއިރުގައި އިތުރު ކޭސްތަކެއް ފެންނަ ވަރު އިތުރުވެ، ޕީކުވެގެން ގޮސްދާނެ ކަމަށް." މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ވީހާވެސް އަވަހަށް ރާއްޖެ ގެނައުމަށް ކަމަށެވެ. ނަމަވެސް މި މުއްދަތުގައި ދިވެހިން ގެނައުމުގެ މަސައްކަތަށް ހުއްޓުމެއް އައިސްދާނެ ކަމަށް ވިދާޅުވިއެވެ.

އަންދާޒާއެއް މި ހަދަނީ ދުނިޔޭގައި މި ކަހަލަ ބަލިތައް ފެތުރޭ ގޮތުގެ މޮޑިއުލްއަށް ބެލުމަށްފަހުގައި އަޅުގަނޑުމެންނަށް ރާއްޖޭންވެސް ފެންނަ ނަންބަރުތަކާއި އަޅާ ބަލާފައި މޮޑެލްއެއްގެ ގޮތުގައި ޑިވެލޮޕް މިކުރަނީ އެހެން ގައުމުތަކުގައިވާ ކަންކަމުން ފިލާވަޅު ލިބިގަނެގެން ރާއްޖޭގައި ކަންތައް ވެދާނެ ކަމަށް އަންދާޒާ ކުރެވެނީ ކިހިނެތްތޯ. ދެން އަޅުގަނޑުމެންގެ އަބަދުވެސް އުންމީދަކީ ވީވަރަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކުރުމަށް. ކުރެވޭ ހުރިހާ މަސައްކަތެއް ކުރަނީ އެގޮތަށް. އެހެން ނަމަވެސް މި ކަމުގައި ސައިންސެއް އޮވޭ، ހިސާބު ނަންބަރު ޖެހޭ. ހިސާބު އަކުރު ދައްކަނީ ކުރިއަށް އޮތް ދެ ހަފްތާގައި، މިހާރު ރާއްޖޭގައި ޕޮޒިޓިވްވާ ކޭސްތަކަށް ބަލާއިރުގައި އިތުރު ކޭސްތަކެއް ފެންނަ ވަރު އިތުރުވެ، ޕީކުވެގެން ގޮސްދާނެ ކަމަށް
މަބުރޫކް އަޒީޒް | އެންއީއޯސީގެ ތަރުޖަމާން

މިއަދު ޕޮޒިޓިވް ވި މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 573 އަށް އަރާފަ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައި ވާއިރު މިދިޔަ ބުރާސްފަތި ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެކެވެ. އެ ދުވަހު އެކަނިވެސް 191 މީހުން ވަނީ ޕޮޒިޓިވްވެފައި ވެއެވެ.

މި ވަގުތު ކަރަންޓީންގައި ތިބީ 1759 މީހުންނެވެ. އަދި 458 މީހުން އައިސޮލޭޝަންގައި އެބަތިބި ކަމަށް އެޗްޕީއޭއިން ބުންޏެވެ. ކޮވިޑް ޖެހުނު ދެ މީހަކު ރާއްޖެއިން ވަނީ މަރުވެފަ އެވެ. އެއީ ބިދޭސީ މީހަކާއި ދުވަސްވީ ދިވެހި އަންހެނެކެވެ.