ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 43 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 43 މީހަކު ކޮވިޑް-19 އަަށް ޕޮޒިޓިިވް ވެއްޖެ އެވެެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ މިއަދު ވެސް ކޮވިޑަށް 43 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ މީހުނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1438 އަށް އަރާފަ އެވެ.

ކޮވިޑް ޖެހިގެން މިހާރު 1200 މީހުންނަށް ފަރުވާ ދެމުން ގެންދާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރު ވެފަ އެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީއެކެވެ. ތިން ދިވެހިންނަކީ ވެސް އުމުރުން ދުވަސްވީ މީހުނެވެ.

މިވަގުތު ކަރަންޓީންގައި 1817 މީހުން އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި 1108 މީހަކު އެބަ ތިއްބެވެ. މިހާތަނަށް 20551 ސާމްޕަލް ވަނީ ޓެސްޓް ކުރުމަށް ނެގިފައެވެ.

ކޮވިޑްގެ ބަލި މީހުން ފެނަން މިންވަރު މަދުވަމުންދާތީ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން މަސް ދުވަހަށް ފަހު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ މިއަދު ބައެއް ރަށްތަކަށް ވަނީ ދީފަ އެވެ.

މީގެ އިތުރުން މާލޭގެ ލޮކްޑައުންގެ ހާލަތު މިމަހުގެ 28 ގެ ފަހުން ނިމުމަކަށް ގެންނާނެ ކަމުގެ އިޝާރާތެއް ވެސް ހެލްތު މިނިސްޓަރު ވަނީ ދެއްވާފަ އެވެ. ނަމަވެސް ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަންޖެހިދާނެ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވި އެވެ.