ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދޫކޮށްލާއިރު ޕީސީއާރު ޓެސްޓް ނުހަދަން ނިންމައިފި

ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނު ކުރާ މީހުނާއި ކޮވިޑްގެ ބަލި މީހުން ދޫކޮށްލުމުގެ ކުރިން ހަދަމުން އައި ޕީސީއާރު ޓެސްޓް ނުހަދަން ނިންމައިފި އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ މިއަދާ ހަމައަށް ވެސް ކޮވިޑްގެ ބަލި މީހުން ދޫޗކުރަމުން އައީ ޕީސީއާރު ޓެސްޓް ހެދުމަށް ފަހު ނެގެޓިވްވުމުން ކަމަށެވެ. އެ ގޮތަށް ޓެސްޓް ކުރާއިރު ވަރަށް ގިނައިން ޕޮޒިޓިވް ކަމަށް ދައްކާ ކަމަށާ ނަމަވެސް ފަހުން ކުރި ދިރާސާއަކުން އެ ހާލަތުގައި އެކަކު އަނެކެއްގެ ގައިން ވައިރަސް ނާރާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"މިހާތަނަށް ބަލިން ރަނގަޅުވީމަ ވެސް ޕީސީއާރު ޓެސްޓް ހަދާފައި، ނެގެޓިވްވުމުން ދޫކުރަމުން ގެންދިޔައީ. އެގޮތަށް ހަދާއިރު ފާހަގަ ކުރެވިފައި ވަނީ ވަރަށް ގިނަ ދުވަސް ވާއިރު ވެސް ޕީސީއާރު ޕޮޒިޓިވް ކަމަށް. ގާތްގަނޑަކަށް ހަތަރު ހަފުތާ ނޫނީ ފަސް ހަފުތާ ވާއިރު ވެސް ޕީސީއާރު ޕޮޒިޓިވް ކަމަށް ދައްކާ... ފަހުގެ އާ ދިރާސާތަކުން ދައްކަނީ ޕީސީއާރު ޕޮޒިޓިވްވުމުގެ މާނައަކީ އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ވައިރަސް ފޯރާފާނެ ކަމެއް ނޫނޭ، މިސާލަކަށް އިންފެކްޓިވް މީހެއް ނޫން ކަމަށް."

ނަޒްލާ ވިދާޅުވީ އެކަމާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް އާ ގައިޑްލައިނެއް ނެރެފައިވާ ކަމަށެވެ. އެ ގައިޑް ލައިންގައިވާ ގޮތުން ވަކި މުއްދަތުތަކެއް ހަމަކުރުމަށް ފަހު ޓެސްޓް ނުކޮށް ދޫކޮށްލެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ކަމުން ރާއްޖެއިން އަމަލު ކުރަމުން އައި ގޮތް ވެސް މިހާރު ބަދަލުކޮށް، މުއްދަތު ހަމަކުރުމަށް ފަހު ޓެސްޓް ނުހަދާ ދޫކޮށްލާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެގޮތަށް އަމަލު ކުރާނީ މީހާގެ ހާލަތަށް ބެލުމަށް ފަހު ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ. އެގޮތުން ދިފާއީ ނިޒާމު ދަށް މީހުން ދޫކުރާނީ ޕީސީއާރު ޓެސްޓް ހެދުމަށްފަހު އެވެ.

"ވަރަށް ފަހުން، 27 މޭގައި ޑަބްލިއުއެޗްއޯއިން ނެރެފައިވަނީ ގައިޑްލައިންގައި ވެސް ވޭ މި ގޮތަށް އަލާމާތްތައް ރަނގަޅުވުމަށް ފަހު ތިން ދުވަސްވުމަށް ފަހު، އެމީހާގެ މުޅިއެކު އަލާމަތްތައް ފެށުނީސުރެ 10 ދުވަސްވުމުން އެމީހަކު ދޫކޮށްލެވޭނެ ކަމަށް ޓެސްޓް ނުހަދާ. އެހެންވީމަ އަޅުގަނޑުމެން ވެސް ކުރިން އަމަލު ކުރަމުން އައި ގޮތް ބަދަލު ކޮށްފައި ވަނީ. އޭގެ މާނައަކީ އަލާމަތްތައް ފެންނުމަށް ފަހު 14 ދުވަސް ހަމަކުރަން ވާނޭ. އަދި އޭނަގެ އެއްވެސް އަލާމާތެއް ނުފެންނަތާ ތިން ދުވަސް ފަހުން ޓެސްޓެއް ނުހަދާ އޭނަ ދޫކޮށްލެވިދާނެ. ނަމަވެސް މިގޮތަށް ދޫކޮށްލެވޭނީ އާދައިގެ ރޯގާއެއްގައި ހުންނަ މީހަކު. ބޮޑަށް ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައިވާ މީހަކު 21 ދުވަސް ހަމަކުރަން ވާނެ." ނަޒްލާ ވިދާޅުވި އެވެ.