ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

މި ދަނީ އެންމެ ގޯސް ހާލަތަށް، ޓޫރިސްޓުން ގެންނަން ފަށަން ޖެހޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސް
33.3%
33.3%
33.3%

ކޮވިޑް-19 ގެ ސަަބަބުން ރާއްޖޭގެ އިގްތިސާދު ދާނެ ކަމަށް އަންދާޒާ ކުރި ސިނޭރިއޯތަކުގެ ތެރެއިން މިހާރު ދަނީ އެންމެ ގޯސް ހާލަތުގެ ސިނޭރިއޯއަށް ކަމަށާއި ހާލަތު ރަނގަޅު ކުރުމުގެ ގޮތުން އަންނަ މަހު ޓޫރިސްޓުން ރާއްޖެ ގެންނަން ފަށަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން އަޅަން ޖެހިފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދަށް ކުރާނެ އަސަރުތަކުގެ މައްޗަށް ފިނޭންސް މިނިސްޓްރީން ވަނީ ފަސް ސިނާރިއޯއެއް ތަސައްވަރުކޮށް އޭގެ އަންދާޒާތައް މަޖިލީހަށް ފޮނުވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފިނޭންސް މިނިސްޓްރީގެ ސިނާރިއޯތަކަށް ބަލާއިރު މި ވަގުތު އިގްތިސާދު އޮތީ ހަތަރުވަނަ ސިނާރިއޯގައި ކަމަށް ބެލެވޭ ކަމަށެވެ. އެއީ ތިންވަނަ ސިނާރިއޯގައި ލަފާ ކޮށްފައިވާ މިންވަރަށް މިހާތަނަށް އާމްދަނީ ލިބިފައި ނުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސިނާރިއޯ ތިނެއްގައި އޭޕްރީލް މަހު 880 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޮތީ. އެކަމަކު އޭޕްރީލް މަސް ނިމުނުއިރު ލިބުނީ 527.5 މިލިއަން ރުފިޔާ. އެހެންވީމަ އަޅުގަނޑުމެން މިހާރު މި ތިބީ ހަތަރުވަނަ ސިނާރިއޯގައި، ގާތްގަނޑަކަށް އަޅުގަނޑުމެން މި ދަނީ ފަސްވަނަ ސިނާރިއޯއާ ހަމައަށް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ފަސްވަނަ ސިނާރިއޯއަކީ އަންދާޒާ ކުރެވޭނެ އެންމެ ގޯސް ހާލަތު ކަމަށް ވުމުން އެ ހާލަތަށް ދާން އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށެވެ. އޭގެ ކުރިއަށް އެންމެ ކުޑަމިނުން ތިންވަނަ ސިނާރިއޯގައިވާ ހާލަތުގައިވާ ކަންކަމަށް ދާން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ސިނާރިއޯ ތިނެއްގައިވާ އިގްތިސާދީ ހާލަތުގައި ތިބުމަށް ވެސް މި އަހަރުގެ ތެރޭގައި 845،000 ޓޫރިސްޓުން ރާއްޖެ އަންނަން ޖެހޭ ކަމަށެވެ. ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން ތިން ލައްކައެއްހާ ޓޫރިސްޓުން އައިސްފައިވާ ކަމަށާއި އިތުރު ފަސް ލައްކަ ޓޫރިސްޓުން ގެންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ކަންކަން އަޅުގަނޑުމެންނާ ދިމާވިއިރު ތިންލައްކައެއްހާ ޓޫރިސްޓުން ރާއްޖެ އައިސްފައިވޭ. އަދި ބާކީ ފަސް ލައްކަ ޓޫރިސްޓުން ގެނެސްގެން އަޅުގަނޑުމެނަށް ކިރިޔާ ވެސް ނޭވާ ލެވޭ ތަނެއްގައި ތިބެވެން މި އޮތީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ޓޫރިޒަމް ހުޅުވާލުމަށް ހުޅުވާލުމާބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާއިރު އެ ޑްރާފްޓް އަކީ ރާއްޖޭގެ އިގްތިސާދު އޮތް ހާލަތުގެ އަދަދުތައް ހެޔޮ ކުރުމަށް އެކުލަވާލައި ފޮނުވާފައިވާ ކަަމަށް ޑްރާފްޓްއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އާމްދަނީ ލިބެން އޮތީ ޓޫރިސްޓުން ގެނެސްގެން ކަމަށެވެ. އެހެންކަމުން މިހާރު އޮތް އިގްތިސާދު ހާލަތު ރަނގަޅު ކުރެވެން އޮތީ އަންނަ މަހު ޓޫރިސްޓުން ގެންނަން ފަށައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގައިޑްލައިންގައިވާ ގޮތުން ޕްރައިވެޓް ޖެޓްތަކާއި ސުޕަ ޔޮޓްފަހަރުތަކަށް ހުޅުވާލަން މަސައްކަތް ކުރަނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ޗާޓަރު ފްލައިޓްތަކާއި ޝެޑިއުލް ފްލައިޓްތަކަށް ހުޅުވާލަން މަސައްކަތް ކުރާނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަދި ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެންނާނީ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އެއީ ގައިޑްލައިންގެ ފުރަތަމަ ޑްރާފްޓެވެ. އެ ޑްރާފްޓް ޓޫރިޒަމް ވިޔަފާރިތަކާ ހިއްސާކޮށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އަދި މަޖިލީހުން ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހަޅަން ވެސް ގައިޑްލައިން ފޮނުވާފައިވެ އެވެ. އެ ފުރުސަތު ދީފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

12 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނުރަބޯ

ސިނާރިއޯއޭ ބިނާރިއޯއޭ ކިޔާނެކަމެއްނެތް. މިގައުމަށް ކޮވިޑް އެތެރެވީ މިމީހާގެ ސަބަބުން.

އަހުމަދު މިހިރީ

ސޯނޫގެ ޕަޕެޓް

ތޯ

އެންމެ ރިސޯޓަކުން ގައުމު ހިންގޭނޭ ބުނީމެއްނު. އެއް ރިސޯޓް ހުޅުވައިގެން ކުރިއަށް ދެން ދާންވީނު

ކކކ

ހުރިހާތަނަކަށް އަނގަ ކޮއްޕާނެ.

ސަލާމް

ސަރުކާރު ބަންދު ކޮށް ލޮކްޑައުން ކުރީ ބޭރުގެ އެހީ ހޯދާ އަންބޮޑި ފުރަން. ޢެކަންވީމަ ދެން ލޮކްޑައން އުވާލާ ރިސޯޓްތައް ހުޅުވާ ސަރުކާރު ހުޅުވަންވީ. މިއަށް ކިޔަނީ ފަޅޯ ކެވޭނީ ހަކުރާ ޖަހައިގެންނޭ. ދުނިޔެ ކެވޭނީ މަކަރާ ޖަހައިގެންނޭ.

222

ކޮބާ ބޮއިކޮޓް ކުރަން ގޮވި ދުވަސް ހަނދާންނެތުނީދޯ؟؟

އިބް ރާހިމް

ހާދަ ހަޔާތް ކުޑަ މި.އަކީ. ހު ރިހާ ހިންހަމަޖެހުމެއް މި އުޅެނި ފޭ ރި ގަންނަން

އައްޔަ

އިއްޔެ ބުނީމެއްނު މަޓީން ބުންޏޭ މި އަހަރަކު ޓުއަރިސްޓުންނެއް ނާންނާނެޔޭ. ދެނޯ.

ހެވެ

ދައުލަތުގެ ހަޒާނާ ކައި ހުސްކޮށްފި ބޭރުން ލިބުނުހާ އެހީތަކަށް ވީނުވީއެއް ނޭގޭ ގިނަ ބަޔަކު އުޅެނީ ދަތި ހާލުގައި ނާގާބިލު ސަރުކާރުން ކުރަމުންދާ މަކަރުވެރި ކަންތައް ކިހިނެއް އެގެނީ ހުރިހާ ނޫސްތަކެއް ސަރުކާރުގެ އަތްދަށުގަ ވަގުން ވަގަށް ގޮވާނި

ގޭމަ

ވަރަށްބޮޑު ތެދެކެވެ. މިދެވެނީ ގޯސްދިމާލަކަށްކަމުގައި ބުނެގެންނަމަވެސް މިކަމުން ސަލާމަތްވާން ޖެހޭކަމުގެރަނގަބީލު ދުނިޔެތެރޭގައި އެޅެންފަށައިފިއެވެ. މިކަމަކީ ހިންގާ ކުޅިގަނޑެއްކަން ސާބިތުކޮށްދޭ އެތަކެއްބަޔަކު ދުނިޔޭގައި އުފެދި، އެމީހުންގެއަޑު ފަޅައިގެންގޮސް، ބިލްގޭޓްސްފަދަ މީހުންގެމޫނަށް ޕައި، ނުވަތަ ބޯކިބާފަދަތަކެތި ޖެހެންފެށީމައި، މިކަމުން ސަލާމަތްވާނެ މަގެއްހޯދަން ޖެހޭތަން އެބަފެނެއެވެ. މާލީއިދާރާތަކުންދޭން ބުނެފައިވާ "ދީލަތިއެހީ" ލިބިދާނެކަމާއިމެދު ސުވާލުއުފެދޭވަރަށް މިކޯވިޑުގެ ފުރަގަހުގައިވާ ކަންތަކުގެވާހަކަ ދުނިޔެތެރޭގައި ހިލިއްޖެއެވެ. ވަރަށްގިނަބަޔަކު ބޭޒާރުވާގޮތް ކުރިމަތިވެދާނެކަހަލައެވެ. އެހެންވީމައި، "އެދީލަތިއެހީތައް" ލިބޭގޮތް ނުވެއްްޖެނަމަ، ވަރަށްގިނަބަޔަކު އިނދަޖެހޭނެއެވެ. ގޮތެއްހޯދަންއެބަޖެހެއެވެ. މިފެންނަނީ އެކަމުގެ ކޮޅުމަތިކަމުގައި ބެލެވެއެވެ. ރައީސް ނަޝީދަކީ، މިކަހަލަ ހައިޖާނުތަކުން ދެމިގަނޭވަރުގެފިކުރު ކުރެވޭފަދަ ސިޔާސީ ސިކުނޑިއެއްކަން ދުނިޔެދަންނާނެކަމުގައި ބެލެވެއެވެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910