ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ކޮވިޑް-19: މަޖިލީހުގެ މެންބަރުންގެ ކޮއްތު ކަނޑާލަނީ

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: މެންބަރުންގެ ކޮއްތު ކަނޑާލުމުގެ މަސައްކަތް ފަށައިފި
0%
100%
0%

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އަންނާނެ ލޮޅުންތަކުން އަރައިގަންނަން ހަރަދު ކުޑަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮއްތު ކަނޑާލުމުގެ މަސައްކަތް ފަށައިފި އެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ރައްޔިތުންގެ މަޖިލީހަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން 19.3 މިލިއަން ރުފިޔާ އުނި ކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ގޮތުން މަޖިލީހުގެ ބަޖެޓުގެ ތެރެއިން ފައިސާ އުނި ކުރެވޭނެ ބައިތައް ހޯދަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގަވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ހަރަދުތައް ކުޑަކުރުމަށް މަޖިލީހުގެ މެންބަރުންގެ ކޮއްތާއި ބޯފެން ވެސް ކަނޑާލުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް ހަމައެކަނި ކޮއްތު ކަނޑާލާ ގޮތަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

"އެންމެ ފަހުން މިއަދު އަޅުގަނޑު ބަލާލައިރު ކޮއްތު އާއި ބޯފެނާއި ތަކެތި ކަނޑާލުމަށް އެ ބޭފުޅާ (މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ) މަސައްކަތް ކުރައްވަމުން ގެންދަވަނީ؛ ނަމަވެސް އަޅުގަނޑު ދަންނަވައިފިން ކޮންމެ ވެސް ވަރަކަށް އަޅުގަނޑުމެންނަށް ވެސް ބަލައިލައްޗޭ. ކޮއްތު ކަނޑާލިޔަސް ބޯފެން ލިބޭނެ ގޮތެއް ހަމަޖައްސަވައި ދެއްވައްޗޭ." ރައީސް ނަޝިދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މަޖިލީހުގެ ޖަލްސާއެއް އޮންނަ ކޮންމެ ދުވަހަކު މަޖިލީހުގެ ކޮންމެ މެމްބަރެއްގެ ކޮއްތުގެ ގޮތުގައި ދުވާލަކު 159.88 ރުފިޔާ ހަރަދުވެ އެވެ. އެއީ ދުވާލަކަށް ޖުމުލަ ގާތްގަނޑަކަށް 13،900 ރުފިޔާ އެވެ. މަޖިލީހުގެ ޖަލްސާ ހަފުތާގެ ތިން ދުވަހަކު އާންމު ގޮތެއްގައި ބާއްވާއިރު، އެ މަގުން މަހަކަށް ގާތްގަނޑަކަށް 165،000 ރުފިޔާ މެންބަރުންގެ ކޮއްތަށް ހޭދަވެ އެވެ.

މަޖިލީހުގެ މެންބަރުންގެ ކޮއްތު ކަނޑާލުމުގެ މަސައްކަތް ފަށާފައިވާއިރު، މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނި ކުރުމަށް އެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ރައީސް ނަޝީދު މެދުވެރިކޮށް ވަނީ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވައި އެ މަސައްކަތް ފަށަން ވެސް ވަނީ ނިންމާފަ އެވެ.

ކޮމިޓީތަކުގެ އެލަވަންސްއާއި މުސާރައާއެކު މަޖިލީހުގެ މެންބަރަކަށް މަހަކު 80،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. އެ މުސާރައިން 20 ޕަސެންޓް އުނިކުރާނަމަ މެންބަރެއްގެ މުސާރައިން ގާތްގަނޑަށް 16،000 ރުފިޔާ އުނިވާނެ އެވެ. އޭރުން މެންބަރުންގެ މުސާރައަށް ދައުލަތުން ކުރާ ހޭދައިގެ ތެރެއިން ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ މަހަކު ސަލާމަތް ވާނެ އެވެ. އެއީ އަހަރެއްގެ މައްޗަށް ގާތްގަނޑަށް 15 މިލިއަން ރުފިޔާ އެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަރެސް

ތައުލީމެއް ތަޖުރިބާއެއް ނެތް ޖާހިލު ކޮން ކެއުމެއް ދޭކަށްތަ؟ ތި ހައްގުވަނީ މަހަކު އެންމެ 1300ރުފިޔާ.

އަބޫ

ހައިރާންވެ އަންތަރީސް ވެއްޖެ ! މިމީހުން އެތައް ދޮގުތަކެއް ހަދައިގެން ވޯޓުހޯދި ރައްޔިތުން ހާލުގައި ޖެހުނުވަގުތު މިމީހުންގެ އަތުން އެންމެ ރުފިޔާއެއް މަދުކޮށްނުލާ. މެމްބަރުންގެ ކެއުންބުއިމަކީ މަޖިލީހުގެ ބަޖެޓުގައި އެމަކަށް އެތައް މިލިއަން ރުފިޔާއެއް ޖަހައިގެން ޚަރަދުކުރާ ފައިސާ. މިއީކީ މެމްބަރުންގެ އަތުން ކުޑަކޮށްލި އެއްޗެއް ނޫން. ހޮވުނީމަވެސަ އަޅުވާލުމުގައި. ބޮޑުވަރު !

މަނާ

ދައުލަތުގެހުރިހާ މުއައްޒިފުންނަށްވެސް ކޮއްތު ދޭންވާނެ މީކޮންކަހަލަ އިންސާފެއް.

ނަރުސް

މި ބެފުޅުންނަށްވުރެ ބުރަކޮށް އަހަރުމެން މަސައްކަތް މިކުރަނީ. ކީއްވެ އަހަރުމެންނަށް ކޮއްތު ނޯންނަނީ

ކޮއްތު

މިޙާރު މާލަސްވެއްޖެ! ކީއްވެ މިމީހުނަށް ކޮއްތު ލިބެނީ!

އާނދޯ

މިޢީވެސް ސަރުކާރު މުވައްޒަފުން މުސާރައެހާބޮޑް އެލަވަންސް އެހާބޮޑު އަދި ނުވިތާކަށް ކެއުންވެސް ދޭންޖެހޭ މިގޮތް ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް އޮންނަނަމަ އޯކޭ އަދި ސަރުކާރުގެ ވަޒީފާ އަދާކުރާ މީހަކު ނެތް ގޭގޭގެ ކޮއްތު ޚަރަދުވެސް ސަރުކާރުން ދޭނަމަދޯ

ކޮއްތުމީ

މާލަސްވެއްޖެތިކަންކުރަން.

ގޮއިދޫހަސަނު

ދެއްކުމަށްޓަކައި ކޮށްތެއްނޫން ކޮންމެއެއްޗެއްވެސް ކަނޑައިފާނެއެވެ. ތިދައްކަނީ ސިޔާސީ ޢިއްޒަތްތެރިންގެވާހަކައެވެ. އެތިއްބެވިގޮނޑި ހޯއްދަވަން ފަހަކާއި އެގާރަމިލިއަނާއިދޭތެރޭގައި ޚަރަދުކޮށްފައިވާނެއެވެ. އެކިހިސާބުގެ ފުންމިނުން ލިބޭ ކޮންޓްރެކްޓުތަކާއި، އިތުރގަޑީލާރިއާއި މިފަދަމިފަދަ ވަޞީލަތްތަކުން ލިބޭއެއްޗަކުން ދެކޮޅުނުޖެހުނިއްޔާ ހަދާނެގޮތް އެތިއްބަވަނީ ފެނޭތޯ އަބަދާއިއަބަދު ދުރުމީއަޅުއްވައިގެނެވެ. މިއީކަންހިނގާގޮތެވެ. ދިރިދުނިޔޭގައި ލެހެއްޓެވިއްޔާ، ވާގޮތް ފެންނާނެތާއެވެ، ޝުކުރިއްޔާ!

ޝާހިދަާ

ވަރަށް ރަނގަޅު ނިންމުމެއް. މަޖްލީހުގަ އެ ހޭދަ ކުރާ ވަގުތު ގެއިން ކައިގެނއ ދިޔާމަ ނިމުނީ. އެވެރިން އެތާ އެތިބޭ ވަގުތަކު ބަނޑަކަށް ނުޖެހޭނެ. ހަމަ ތިގޮތަށް މުސާރައިން ވެސް ޕަރސެންޓޭޖެއް ކަނޑާ ރައްޔިތުންނަށް މެމްބަރުންގެ އިޙްލާސއތެރިކަންނހުރި ވަރު ދައްކާ އިމޭޖް ރަނގަޅު ކުރަން ރަނގަޅު ފުރުސަތެއްމީ.. ފުރުސަތުގެ ބޭނުން ހިފާ. ފަހުން ރަނގަޅު ވާނެ.

އަބްދުﷲ

މިފަހަރު ނިކަން މަޖިލިސް އިޚްލާސްތެރިކަން ދައްކައިދިބަލަ. އަހަރެމެން މިތިބީބަލަން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345