ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓޫރިޒަމް ގައިޑްލައިނަށް މަޖިލީހުގެ ލަފައެއް ހޯދަން ފޮނުވައިފި

އިތާ ރެސްޓޯރެންޓުގެ ތެރޭގައި ދެ ޓޫރިސްޓަކު މަޑުކޮށްލައިގެން: ޓޫރިޒަމް އަލުން ފަށަން ވަނީ ގައިޑްލައިނެއް އެކުލަވާލާފައި
0%
0%
100%

ޓޫރިޒަމް ހުޅުވާލުމާބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިނަށް ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ހޯދުމަށް އެދި ޓޫރިޒަމް މިނިސްޓްރީން މަޖިލީހަށް އެ ގައިޑްލައިން ފޮނުވައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފޮނުއްވާފައިވާ ސިޓީއެއްގައި ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުވެ ޓޫރިޒަމް ހުއްޓިފައިވީ ނަމަވެސް އިގްތިސާދު އާރާސްތު ކުރުމަށް ޓަކައި އަލުން ޓޫރިޒަމް ހުޅުވާލަން ޖެހޭ ކަމަށެވެ.

އެ ކަމަށް ޓަކައި ޓޫރިޒަމް އަލުން ހުޅުވާލުމަށްޓަކައި އަމަލު ކުރާނެ އުސޫލުތައް ހިމަނައި "މޯލްޑިވްސް ސޭފް ޓޫރިޒަމް" ގެ ގައިޑްލައިންގެ ފުރަތަމަ ދެލިކޮޕީ އެކުލެވިފައިވާ ކަމަށް ސިޓީގައިވެ އެވެ. އެ ގައިޑްލައިނަށް މަޖިލީހުން ގެންނަން ބޭނުންވާ އިސްލާހުތަކާއެކު މަޖިލީހުގެ ލަފައެއް މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ފޮނުވުމަށް އެދޭ ކަމަށް ސިޓީގައިވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އެ ގައިޑްލައިން ދިރާސާކޮށް އެ ކަމުގައި ގޮތެއް ނިންމުމަށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އަދި މިއަދު އެ މަސައްކަތް ފަށައި މިނިސްޓްރީން އެދިފައިވާ ތާރީހަށް އެ މަސައްކަތް ނިންމައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޓޫރިޒަމް އަލުން ހުޅުވާލުމުގެ ގައިޑްލައިން ވަނީ އެ ސިނާއަތުގެ ވިޔަފާރިތަކާއި އެ ވިޔަފާރިތަކުގެ ވެރިންނާ ހިއްސާކޮށްފަ އެވެ. ގައިޑްލައިނަށް އެ ފަރާތްތަކުން ގެންނަން ބޭނުންވާ އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވެސް މި މަހުގެ 25 ދުވަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފަ އެވެ.

މި ގައިޑްލައިންގެ ޑްރާފްޓްގައިވާ ގޮތުން ޕްރައިވެޓް ޖެޓްތަކާއި ސުޕަ ޔޮޓް ފަހަރަށް ހުޅުވާލަން މަސައްކަތް ކުރަނީ ޖޫން އެއް ވަނަ ދުވަހުން ފެށިގެންނެވެ. އަދި ޗާޓަރު ފްލައިޓްތަކާއި ޝެޑިއުލް ފްލައިޓްތަކަށް ޖުލައި އެއްވަނަ ދުވަހު ހުޅުވާލާނެ އެވެ. ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެންނަން ޕްލޭން ކޮށްފައިވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345