ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މަންޑޭގެ އެހީ ޕްރޮގްރާމް: 103 ރަށް ކަވަރުކޮށްފި

May 24, 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށްރަށަށް އެހީވާން ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ފައްޓަވާފައިވާ އޭނާގެ އެހީ ޕްރޮގްރާމްގައި މިހާތަނަށް 103 ރަށަކަށް އެހީވެ ރާއްޖޭގެ ބޮޑު ބައެއް ކަވަރު ކޮށްފި އެވެ.

މި ޕްރޮގްރާމްގައި ރަށްތަކުގެ ބޮޑުބައި ކަވަރު ކުރި އިރު މާލޭގެ ޓްރެފިކް ޕޮލިހާއި ގަލޮޅު ޕޮލިހާއި ވިޒިޓް ލާމާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތާއި އެމްއެންޑީއެފާއި އައިޖީއެމްއެޗާއި އެޗްޕީއޭއަށް ވެސް އެހީވެފައި ވެއެވެ.

ރަށްރަށް ފިޔަވައި އެހެން ތަންތަން

  • އެމްއެންޑީއެފް: 1000 މާސްކް، 100 ފުޅި ސެނިޓައިޒާ، 100 ގައުން
  • އެޗްޕީއޭ: 1000 މާސްކް، 100 ފުޅި ސެނިޓައިޒާ، 100 ގައުން
  • ޓްރެފިކް ޕޮލިސް: 500 މާސްކް، 200 އަންގި
  • ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު: 500 މާސްކް، 100 އަންގި، 48 ސެނިޓައިޒާ
  • ވިޒިޓް ލާމް: 500 މާސްކް، 200 އަންގި
  • އައިޖީއެމްއެޗް: 1000 މާސްކް، 100 ސެނިޓައިޒާ، 100 ގައުން
  • ގަލޮޅު ޕޮލިސް: 10 ފުޅި ސެނިޓައިޒާ، 500 މާސްކް، 300 އަންގި


މަންޑޭގެ އެހީގެ ޕްރޮގްރާމްގައި ރަށްރަށަށް ދެނީ މާސްކާއި ސެނިޓައިޒާ އާއި އަންގި އެވެ. ނަމަވެސް ސަރުކާރުގެ ބައެއް އިދާރާތަކަށް އެތަކެތީގެ އިތުރުން ކޮވިޑާ ގުޅިގެން އޮފިޝަލުން ބޭނުން ކުރާ ރައްކާތެރި ކަމުގެ ހެދުން ވެސް ދެ އެވެ.

މިހާތަނަށް ރަށްރަށާއި އިދާރާތަކަށާއި ޖަމިއްޔާތަކަށް މަންޑޭގެ އެހީ ޕްރޮގްރާމްގައި ހަދިޔާ ކޮށްފައިވާ ތަކެތީގެ ތެރޭގައި ޖުމްލަ 2346 ފުޅި ސެނެޓައިޒާ އާއި 87،600 މާސްކާއި 28،300 އަންގި އާއި 300 ގައުން ހިމެނެ އެވެ.

102 ރަށް ދިން އެހީ ކުރުކޮށް

  • އަންގި: 26،300
  • މާސްކް: 80،100
  • ސެނެޓައިޒާ: 1888


މަންޑޭގެ އެހީގެ ޕްރޮގްރާމްގެ އޮފީހުގެ އިސް އޮފިޝަލެއް ކަމަށްވާ ހުސަައިން ނައީމް ވިދާޅުވީ މި ހަފުތާގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް މާސްކާއި އަންގި އާއި ސެނެޓައިޒާ ރޯފުކޮށްދީ ނިންމަން އުންމީދު ކުރާ ކަމަށާއި މިހާރު ބާކީ އޮންނާނީ 91 ރަށް ކަމަށެވެ. އެ ރަށްތަކުގެ ރިކްއެސްޓް ކައުންސިލް އިދާރާ މެދުވެރިކޮށް ލިބުމާއެކު އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވޭ ވީހާވާސް އަވަހަކަށް ހުރިހާ ރަށަކަށް އެހީތެރިވެ ދޭން. އެންވެ މިހާތަނަށް އެހީ ނުލިބިވާ ރަށްރަށުން ރިކްއެސްޓް ކުރުން އަވަސް ކޮށް ދިނުމަަކީ އަޅުގަނޑުމެން އެދޭ ކަމެއް. ރިކްއެސްޓް އަންނަން ވާނީ ކައުންސިލްގެ އިދާރާ މެދުވެރިކޮށް އަދި ހަވާލުވާނެ ފަރާތް ވެސް އެނގޭ ގޮތަށް،" ނައީމް ވިދާޅުވި އެވެ.

ވަކި ވަކި ފަަރާތްތަކަށް

  • އަންގި: 1200
  • މާސްކް: 3000
  • ސެނެޓައިޒާ: 100

އޭނާ އަދި ވިދާޅުވީ އެދޭ ތަރުތީބުން އެންމެ ފަހުން ތަކެތި ހަވާލުކުރީ ރޭ ކަމަށާއި ރޭ ވެސް ހަ ރަށަކަށް ތަކެތި ހަވާލު ކުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހދ. ނާވައިދޫ އެއަތޮޅު ހިރިމަރަދޫ އާއި ވ. ތިނަދޫ އާއި ގދ. ވާދޫ އާއި ބ. ދޮންފަނާއި ހއ. ވަށަފަރެވެ. މީގެ ތެރެއިން ވ. ތިނަދޫ އަށް ދިނީ 300 މާސްކާއި 200 އަންގި އެވެ. އެހެން ކޮންމެ ރަށަކަށް 500 މާސްކާއި 200 އަންގި ދިނެވެ.

މަންޑޭގެ އެހީ ޕްރޮގްރާމް މި އީދުގެ ދުވަސްތަކުގައި ވެސް ކުރިޔަށް ދާނެ އެވެ.