ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 12 ރަށަކަށް އެހީވެއްޖެ

ކޮވިޑް-19 އާ ގުޅިގެން ރަށްރަށަށް އެހީވުމަށް ޒުވާން އަދި، މަޝްހޫރު ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ފައްޓަވާފައިވާ އެހީގެ ޕްރޮގްރާމްގައި އަނެއްކާވެސް އިތުރު ބައެއް ރަށްރަށަށް އެހީވެއްޖެ އެވެ.

މަންޑޭގެ ކޭޕާކް ރެސިޑެންސްގެ އޮފީހުގައި ރޭ މާސްކާއި ސެނިޓައިޒާ އާއި އަންގި ހަދިޔާ ކޮށްފައި ވަނީ ލ. ފޮނަދޫ އާއި އެ އަތޮޅު ގަމާއި މާވަށާއި ހިތަދޫ އާއި މާބައިދޫ އާއި ދަނބިދޫ އާއި ވ. ކެޔޮދޫ އާއި ތ. ވިލުފުއްޓާއި ނ. މާފަރުގެ އިތުރުން ކޮމިއުނިޓީއެއްގެ ގޮތުގައި ހަރަކާތްތެތިވާ "ވިޒިޓްލާމް" އަށެވެ.

މީގެ ތެރެއިން ލ. އަތޮޅުގެ ހަ ރަށުގެ ތެރެއިން ކޮންމެ ރަށަކަށް 500 މާސްކާއި 200 އަންގި ހަދިޔާ ކުރި އެވެ.

މީގެ އިތުރުން ގދ. ހޯޑެއްދޫ އާއި މަޑަވެއްޔާއި ނަޑެއްލާއަށް ވެސް ރޭ އެހީވި އެވެ. އެ ތިން ރަށުގެ ތެރެއިން ކޮންމެ ރަށަކަށް ވެސް 48 ފުޅި ސެނިޓައިޒާ އާއި 100 އަންގި އާއި 500 މާސްކް ދިނެވެ.