ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޭ ޕާކް ރެސިޑެންސް

އައިޖީއެމްއެޗާއި އެމްއެންޑީއެފަށް މަންޑޭ ތަކެތި ހަދިޔާ ކޮށްފި

May 12, 2020
1

ޒުވާން ވިޔަފާރިވެރިޔާ، ހަސަން މަމްދޫހު (މަންޑޭ) ގެ ފަރާތްޕުޅުން ސަރުކާރު ހޮސްޕިޓަލް، އައިޖީއެމްއެޗަށާއި އެމްއެންޑީއެފަށް ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

ކޭޕާކް ރެސިޑެންސް އާއި ހަމްބޯ ކުންފުނީގެ ވެރިޔާ، މަންޑޭގެ ފަރާތްޕުޅުން މިރޭ އައިޖީއެމްއެޗަށާއި އެމްޑީއެފަށް ހަދިޔާކޮށް ހަވާލު އކުރީ އެއިން ކޮންމެ ފަރާތަކަށް 100 ފުޅި ސެނެޓައިޒާ އާއި 1000 މާސްކާއި 100 ސެޓް ހެދުމެވެ. އެ ތަކެތި ހަވާލުކޮށް ދެއްވީ ވެސް އޭނާ އެވެ.

މިރޭ އައިޖީއެމްއެޗަށް މި ތަކެތި ހަދިޔާ ކުރި އިރު މީގެ ދެ ދުވަސް ކުރީން އޭނާ ވަނީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އާއި ދެކުުނުގެ ދެ އަތޮޅަކަށް ވެސް ގިނަ އަދަދެއްގެ މާސްކާއި ސެނެޓައިޒާ ހަދިޔާ ކުރައްވާފި އެވެ.

އެ ފަހަރު އެންއީއޯސީން 2000 މާސްކާއި 100 ފުޅި ސެނެޓައިޒާ މަންޑޭ ހަދިޔާ ކުރެއްވި އެވެ. އަދި އައްޑޫ ސިޓީއަށް 1500 މާސްކާއި 96 ފުޅި ސެނެޓައިޒާ ވަނީ ހަދިޔާ ކުރެއްވި އިރު ގއ. އަތޮޅަށް 500 މާސްކާއި 96 ފުޅި ސެނެޓައިޒާ ވަނީ ހަދިޔާ ކުރެއްވި އެވެ.

މިރޭ މަންޑޭ ވިދާޅުވީ މި ވަވުތަކީ ރައްޔިތުންނާއި ގައުމަށް އެހީވެ ދިނުމުގެ ގޮތުން ހުރިހާ ވިޔަފާރިވެރިން ވެސް ސަރުކާރާއެކުގައި ކުރިޔަށް ދާންޖެހޭ ވަގުތު ކަމަށާއި އޭނާގެ ފަރާތުން އެކި ފަރާތްތަކަށް އެހީތެރި ވެދޭން ފެށީ ސަރުކާރުން ކޮވިޑް-19 އާ ދެކޮޅަށ ކުރާ މަސައްކަތުގައި ބައިވެރިވާން ވެގެން ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މިއީ އެންމެ ބޮޑަށް ވިޔަފާރިވެރިންގެ ބޭނުން ގައުމަށާއި ރައްޔިތުންނަށް ޖެހެނޭ ވަގުތުހެން. އަދި މިއީ އެހީތެރިވެ ދިނުމުގައި ސަރުކާރާއެކު ކުރިޔަށް ދާންވީ ވަގުތުހެން، އެހެން ވެެގެން އަޅުގަނޑަށް ވެވެން އޮތް އެހީއެއް ވަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

މަންޑޭ ވަނީ މީގެ ކުރިން ވެސް މިފަދަ އެހީތެރިކަން އެކި ފަރާތްތަކަށް ފޯރުކޮށް ދެއްވާފަ އެވެ. އަދި ރާއްޖެއަށް އިންވެސްޓަރުން ގެނައުމަށް ވެސް ގިނަ މަސައްކަތްތަކެއް އޭނާ ދަނީ ކުރައްވަމުންނެވެ.