ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލުގައި ސްޕެޝަލިސްޓުންނަށް ދެއްކޭނެ ގޮތް ހަދަނީ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދުމީހުން ސްޕެޝަލިސްޓް މެދުވަރިކޮށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމާ ބެހޭގޮތުން އައިޖީއެމްއެޗްއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅުއެވެ. އަދި އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު އިބްރާހިމް ސަލީމްއެވެ.

އެއްބަސްވުމުގެ ދަށުން ގައިދީންނާއި ބަންދުމީހުންގެ ތެރެއިން އާންމު ނޫން ބަލިތަކަށާއި އުނދަގޫތަކަށް، އެ ކަމާ ގުޅުންހުރި ސްޕެލިސްޓުން މެދުވެރިކޮށް ޖަލުގައި ބައިތިއްބައިގެން ފަސޭހަކަމާއެކު ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ ކަމަށް ކަރެކްޝަނުން ބުނެ އެވެ. އަދި އައިޖީއެމްއެޗްގެ ފަރާތުން ޖަލުތަކަށް ސުޕާ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުންނާއި ނަރުހުންގެ އިތުރުން އެހެނިހެން ޓެކްނިކަލް މުވައްޒަފުން ފޮނުވާނެ ކަމަށެވެ.

އެއް އަހަރު ވަންދެން ޖަލުގައި ތިބޭ މީހުންނަށް އައިޖީއެމްއެޗްގެ މުވައްޒަފުން އެތަނަސް ގޮސް ފަރުވާ ދޭނެ ކަމަށާއި ފަހަރަކު މަދުވެގެން 20 މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

ކަރެކްޝަނުން ބުނީ އެފަދަ އިންތިޒާމްއެއް ހަމަޖެހިގެން ދިއުމަކީ ގައިދީންނާއި ބަންދުމީހުންނަށް ބޭސް ފަރުވާ ފޯރުކޮށްދިނުމަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށާއި އަމާޒަކީ ގައިދީންނާއި ބަންދުމީހުންނަށް ވީހާވެސް ރައްކާތެރިކަމާއެކު ބޭސް ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ.