ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޖީއެމްއެޗް

ކޮވިޑް ފެސިލިޓީތަކަށް 22 ނަރުހުން ހޯދަނީ

ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އާއި ކޮވިޑަށް ފަރުވާދޭ އެހެނިހެން ތަންތަނުގައި މަަސައްކަތް ކުރާނެ 22 ނަރުހުން ހޯދަން އައިޖީއެމްއެޗުން އިއުލާނު ކޮށްފި އެވެ.

އައިޖީއެމްއެޗްގެ އިއުލާނުގައި ބުނެފައި ވަނީ ބޭނުން ވަނީ ވަގުތީ ގޮތުން އެއް އަހަރު ދުވަހު މަސައްކަތް ކުރާނެ ނަރުހުން ކަމަށެވެ. އެ މަގާމަށް ކުރިމަތިލާ މީހުންނަކީ ނާސިންގެ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ފަހެއް ނުވަތަ ހައެއްގެ ސަނަދެއް ހާސިލްކޮށްފައިވާ މީހަކަށްވާން ޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ މީހުން މަސައްކަތް ކުރަން ޖެހޭނީ ހަފްތާއަކު ފަސް ދުވަހު، މަދުވެގެން އަށް ގަޑިއިރު ކަމަށެވެ. އަދި މަހު މުސާރައަކީ 9،060 ރުފިޔާ ކަމަށާއި ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކު 188 ރުފިޔާ ލިބޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ނަރުހުން ކުރަން ޖެހޭނެ މަސައްކަތަކީ ބަލިމީހުންނަށް ބޭނުންވާ ނާސިން ކެއާ ރާވައި ހިދުމަތް ދީ އިވެލުއޭޓްކުރުމާއި ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާސިން ކެއާގެ ޕްލޭން އެހެން ސިއްހީ ޕްރޮފެޝަނަލުންނާ ގުޅިގެން އެ ޕްލޭނާ އެއްގޮތަށް ފަރުވާދިނުން ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އަދި ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑޮކްޓަރީ ބޭހާ އެއްގޮތަށް ފަރުވާދީ، އެ ފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިއުމާއި އޭނާއަށް ބޭނުންވާ ހާއްސަ އެހީތެރިކަމަށް އެހެން ސިއްހީ ޕްރޮފެޝަނަލުންގެ ހިދުމަތް ބޭނުންވާ ހާލަތްތަކުގައި އެކަންތައްތައް ފެސިލޭޓްކޮށްދޭން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. ބަލިމީހާގެ ސިއްހީ މައުލޫމާތާއި ދެވުނު ބޭސްފަރުވާގެ މައުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަޕްޑޭޓްކުރަން ވެސް ޖެހެ އެވެ.