ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް ދަސްކޮށްދިނީ ވެއްޓަށް ބަރޯސާވާންޖެހޭ މިންވަރު

ކޮވިޑްގެ ބަލިމަޑުކަމުގެ ވަބާއިން ހަނދާން ކޮށްދެނީ ވެއްޓަށް ބަރޯސާވާން ޖެހޭ މިންވަރު ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ހުސައިން ރަޝީދު ދެއްވި ހިތޯބެއްގައި ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ވަބާއިން ދިން އެންމެ ބޮޑު އެއް ފިލާވަޅަކީ ވެއްޓަށް ބަރޯސާވެފައިވާ މިންވަރު ކަމަށެވެ. އެހެން ކަމުން މިއީ ވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމާއެކު ދުނިޔޭގެ ތަބީއަތުގެ މަސަލަސްކަން ނުގެއްލޭ ގޮތެއްގެ މައްޗަށް ދިރިއުޅުން އަލުން އާރާސްތުކޮށް ކުރިއަށްވުރެ މޮޅަށް ބިނާ ކުރުމަށް ލިބޭ ފުރުސަތަކަށް ހަދަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ލިބިފައިވާ ވެއްޓަކީ އަގު ބޮޑު ތަރިކައެއް ކަމަށާއި އެ ތަރިކަ ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ސިޔާސަތެއް ބައްޓަންވެ ތަންފީޒުވާންވީ ވެސް ވެއްޓަށް ކަތާ، މިންވަރެއްގައި ކަމަށެވެ.

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "ޓައިމް ފޯ ނޭޗާ" އެވެ.