ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ކަސްޓަމްސް ސާވިސް

މާދަމާގެ ކުރިން ބޯޓަށް އަރުވާ ޕްލާސްޓިކް އެތެރެކުރެވޭނެ

May 31, 2021

ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި ބޭނުންކުރާ ބައެއް ބާވަތްތަކުގެ ތެރެއިން އެތެރެކުރުން މަނާކުރާ ތަކެތި މާދަމާގެ ކުރިން ބޯޓަށް އަރުވައިފި ނަމަ ރާއްޖެ އެތެރެކުރެވޭނެ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ސަރުކާރުން އެތެރެކުރުން މަނާކުރާ ތަކެތީގެ ތެރެއިން މާދަމާގެ ފަހުން އަންނަ މުދަލުގެ ބިލް އޮފް ލެޑިން ނުވަތަ އެއާވޭ ބިލްގައި ޖޫން އެކެއްގެ ކުރީ ތާރީހެއް ވާނަމަ އެ މުދާ އެތެރެކުރުމަށް ހުއްދަ ދޭނެ ކަމަށެވެ.

މިގޮތަށް އަމަލުކުރަން ކަސްޓަމްސް އިން ނިންމާފައިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމުގައި ގިނަ ދަތިތަކެއް ހުރުމާއެކު ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުންނެވެ.

މާދަމާއިން ފެށިގެން ނުވަ ބާވަތެއް ރާއްޖެ އެތެރެކުރުން މަނާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކަނޑައަޅުއްވާފަ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން އެތެރެކުރުން މަނާކުރަން ހަމަޖެހިފައިވާ ތަކެއްޗަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެތަކެތީގެ ތަފްސީލް މިއަދު ދޭނެ ކަމަށް ބުނެފައިވެ އެވެ.

މިހާރު ކަނޑައަޅާފައިވާ ގޮތުންނަމަ ސުޕާރީ ޕެކެޓާއި، ޕްލާސްޓިކް ހޮޅި، އޫ، ސަމުސާ، ފެންބޯ ކުދި ފުޅިއާއި ޖޫސްޕެކެޓް ފަދަ ތަކެތި އެތެރެކުރުން މަނާކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.