ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޔޫއޭއީއިން ދިން އެހީގައި ޕީސީއާރު މެޝިނެއް

Jun 8, 2020
1

ކޮވިޑް-19 އާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް 77.3 މިލިއަން ރުފިޔާގެ މެޑިކަލް ސާމާނާއެކު ޓެސްޓު ކުރާ ޕީސީއާރު މެޝިނަކާއި އެ އަށް ބޭނުންވާ ކިޓްތައް ހަދިޔާކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ ގައުމުގެ ސަރުކާރުން ފޮނުވި ހާއްސަ މަތިންދާބޯޓެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރާ ޕީސީއާރު މެޝިނާއި އެހެން ތަކެތި މީގެ ކުޑައިރުކޮޅެއް ކުރިން ރާއްޖެއަށް ގެނެސްފައިވާ ކަަމަށެވެ.

ޔޫއޭއީން ހަދިޔާކުރި ޕީސީއާރު މެޝިނަކީ ގަޑިއަކު 96 ސާމްޕަލް ޕްރޮސެސް ކުރެވޭ ފެންވަރު ރަނގަޅު މެޝިނެކެވެ.

ރާއްޖެ އަށް ކުރިމަތިވެފައިވާ މި ދަތި ވަގުތު ވެސް ޔޫއޭއީ ސަރުކާރުން ދިން ބޮޑު އެހީތެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ ގައުމުގެ ސަރުކާރަށް ހާއްސަ ޝުކުރެއް އަަދާކުރެއްވި އެވެ. މި އެހީ ދީފައި މިވަނީ ޔޫއޭއީގެ ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާނަށް އޭޕްރިލް 10 ގައި ޝާހިދު ގުޅުއްވައި ރާއްޖޭގެ ހާލަތުގެ މައުލޫމާތު ދެއްްވާފައި ވަނިކޮށެވެ.

ޔޫއޭއީން ރާއްޖެއަށް ހަދިޔާކުރި ތަކެތި

  • 100،000 ސެނިޓައިޒަރ ފުޅި
  • 225،000 ކޭ.އެން 95 މާސްކް
  • 2،500،000 ސަރޖިކަލް މާސްކް
  • 5000 އަންގި ފޮށި (ކޮންމެ ފޮއްޓެއްގައި 100 އަންގި)
  • 75،000 ޑިސްޕޯސަބަލް ގައުންސް (ޝޫ ކަވަރ އާއެކު)
  • 10،000 ފޭސް ޝީލްޑް
  • ޕީ.ސީ.އާރް އެކްސްޓްރެކްޝަން މެޝިން
  • 30،000 ޑައިގްނޯސްޓިކް އެކްސްޓްރެކްޝަން ކިޓް
  • 2 ރިއަލް ޓައިމް ޕީ.ސީ.އާރް ސިސްޓަމް

ޔޫއޭއީ އިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ގާބިލްކަން އިތުރުކުރެވި، ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި މިއީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީ، 'ނިއު ނޯމަލް' އާ ދިމާއަށް ރާއްޖެއިން މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި މިމަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.