ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސެނިޓައިޒްކުރާ ދެ ޓްރަކް ޔޫއޭއީއިން ދީފި

ތަންތަން ޑިސްއިންފެކްޓް ކުރަން ބޭނުން ކުރާނެ ދެ ޓްރަކް ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެހީވުމުގެ ގޮތުން ޔޫއޭއީ އިން މި ދެ ޓްރަކް ދިނީ މިއަދު އެވެ. މި އެހީގެ ސަބަބުން ރާއްޖެއިން ކޮވިޑް ނައްތާލަން ކުރާ މަސައްކަތުގައި ފަސޭވާނެ އެވެ. މި އެހީއާއެކު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އަދި މިތަކެތީގެ ސަބަބުން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށެވެ.

ސެނިޓައިޒް ކުރާ ދެ ޓްރަކް ބޭނުން ކުރާނީ މީހުން އެއްވެ އުޅޭ ސަރަހައްދުތައް ޑިސްއިންފެކްޓު ކުރާށެވެ. މި ދެ ޓްރަކް މިހާރު އޮތީ ހުޅުމާލޭގަ އެވެ.

ރާއްޖެއިން ކޮވިޑް-19 ބައްޔާ ދެކޮޅަކަށް ކުރާ މަސައްކަތްތަކަށް ދުނިޔޭގެ އެކި ގައުމުތަކާއި ޖަމިއްޔާތަކާއި ކުންފުނިތަކުން އެހީތައް ދެ އެވެ.
ޔޫއޭއީ އިން ވަނީ މީގެ ކުރިން ވެސް ރާއްޖެއަށް އެހީ ފޯރުކޮށްދީފަ އެވެ. އެގޮތުން އެ ގައުމުން ވަނީ ފަސް މިލިއަން ޑޮލަރުގެ އަގު ހުރި މެޑިކަލް އިކުއިޕްމަންޓްގެ ދިނެވެ.