ދީނަށް ފުރައްސާރަ ކުރުން

ސަލަފު: އެމްޑީއެން ރިޕޯޓް ލިޔުނު މީހުނަށް އަދަބުދީ

ސަލަފް ޖަމިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ދީނީ އިލްމުވެރިން ވާހަކަ ދައްކަވަނީ
0%
0%
0%

މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލާގައި އުވާލި، ހައްދުފަހަނަ އަޅާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓް ލިޔުނު ފަރާތްތަކަށާއި އެ ޖަމިއްޔާގެ އިސް ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވާތީ ސަލަފް ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ޖަމިއްޔާ އުވާލަން އެންގުމުން ޖަމިއްޔާ އުވާލާފައިވާ ކަން ރަސްމީކޮށް އިއުލާން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

ސަލަފް ޖަމިއްޔާ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ އެމްޑީއެން އުވާލި ފަހުން ވެސް އެ ޖަމިއްޔާގެ ނަމުގައި ސޯޝަލް މީޑިއާގައި އެކިއެކި ރަސްމީ ބަޔާންތަކާއި ޕޯސްޓްތައް ނެރެމުންދާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ މުއައްސަސާތަކާއި ދައުލަތުގެ އެންގުންތަކަށް ގޮންޖަހާ އެ ޖަމިއްޔާ ހިންގަމުންދާ ކަން އެނގޭ ކަމަށެވެ.

އެމްޑީއެންގެ އިސް ފަރާތްތަކަށާއި އެ ރިޕޯޓް ލިޔުނު މީހުނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ސަލަފުން ތަކުރާރުކޮށްފައި ވެއެވެ. އެމްޑީއެން އުވާލިތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ފިޔަވަޅު އެޅުން ލަސްވާ ނަމަ ސަރުކާރުގެ އިސްވެރިންނާ މެދު އޮތް އިތުބާރު ގެއްލެމުންދާނެ ކަމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ސަލަފް އިން ވަނީ އެމްޑީއެންގެ ރިޕޯޓް ލިޔުނު ފަރާތްތަކާ މެދު ފިޔަވަޅު އެޅުން އަވަސް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށާއި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައިފަ އެވެ.

އަދި އެމްޑީއެންގެ އިސް ފަރާތްތަކަށް އަވަސް ފިޔަވަޅެއް ނާޅާހާ ހިނދަކު ސަލަފުން ހުއްޓާނުލައި އެކަމަށް ގޮވާލަމުން ދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

13 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910