ދީނަށް ފުރައްސާރަ ކުރުން

2017 ގައި ސަމާލު ކަމަށް ގެންދިޔައީ މިހާރުގެ ރިޕޯޓެއް ނޫން: ސަލަފް

ދެހާސް ސަތާރަ ވަނަ އަހަރު ޖަމިއްޔަތުއް ސަލަފުން، ސަރުކާރުގެ ސަމާލު ކަމަށް އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ގެންގޮސްފައިވާ ކަމަށް ބުނެ ފަތުރަމުން ގެންދަނީ ދޮގު ޚަބަރެއް ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ސަލަފުގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު ވިދާޅުވީ އިސްލާމް ދީނާއި މާތް ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓް އާންމުކޮށްފައިވަނީ 2019 ވަނަ އަހަރު ކަމަށެވެ.

"ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓް ނެރެފައިވަނީ 2019 ގައި. 2016 ގައި އެމްޑީއެން އިން އެ ރިޕޯޓް އާންމުކޮށްފައެއް ނުވޭ. އަދި ސަލަފު އަކަށްވެސް ފެނިފައެއް ނެތް. ދޮގު ޚަބަރު މި ފަތުރަނީ ހަގީގަތް އޮޅުވާލަން ކަމެއް ނުވަތަ އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރުމަށް ކަމެއް ނޭންގޭ." ސަލަފްގެ ރައީސް ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ 2017ގައި ސަލަފުން ހުށައެޅީ ރައީސް ޔާމީންގެ ސަރުކާރުން ގިސާސް އާއި އިސްލާމީ ޝަރީއަތުގެ ހައްދުތައް ގާނޫނުގައި ހިމެނުމުން އެކަމާ ދެކޮޅަށް އެމްޑީއެން އިން ކަންބޮޑުވެ، ބޭރުގެ ފަރާތްތަކުގައި ޝަކުވާ ހުށައަޅާ ނުބައި ރިޕޯޓެއް ކޮށްފައިވާތީ ކަމަށެވެ. އަދި އެ ޖަމާއަތުން ރާއްޖެއަކީ ސެކިއުލާ ގައުމަކަށް އޮންނަން ވަކާލާތު ކުރަމުންދާތީ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

2017 ga salafun husaelhee RY ge sarukaarun Qisoas aa Islami shareeathuge Haddhuthah Qaanoonugai himenumun ekamaa dhekolhah MDN in kanboduwe beyruge faraaithakugai shakuwa husa alhā nubai report koffa waathee.Adhi Raajje aki seculer gaumakah onnan wakaalaath kuramundhāthee!

ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓް ނެރެފައިވަނީ 2019 ގައި. 2016 ގައި އެމްޑީއެން އިން އެ ރިޕޯޓް އާންމުކޮށްފައެއް ނުވޭ. އަދި ސަލަފު އަކަށްވެސް ފެނިފައެއް ނެތް. ދޮގު ޚަބަރު މި ފަތުރަނީ ހަގީގަތް އޮޅުވާލަން ކަމެއް ނުވަތަ އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރުމަށް ކަމެއް ނޭންގޭ.. 2017ގައި ސަލަފުން ހުށައެޅީ ރައީސް ޔާމީންގެ ސަރުކާރުން ގިސާސް އާއި އިސްލާމީ ޝަރީއަތުގެ ހައްދުތައް ގާނޫނުގައި ހިމެނުމުން އެކަމާ ދެކޮޅަށް އެމްޑީއެން އިން ކަންބޮޑުވެ، ބޭރުގެ ފަރާތްތަކުގައި ޝަކުވާ ހުށައަޅާ ނުބައި ރިޕޯޓެއް ކޮށްފައިވާތީ.. އަދި އެ ޖަމާއަތުން ރާއްޖެއަކީ ސެކިއުލާ ގައުމަކަށް އޮންނަން ވަކާލާތު ކުރަމުންދާތީ
އައްޝައިޚް އަބްދުﷲ ބިން މުހައްމަދު | ސަލަފްގެ ރައީސް

އެމްޑީއެން އުވާލައި އެ ޖަމްއިއްޔާގެ އިސްވެރިންގެ ތެރެއިން ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުން ސަރުކާރުގެ ވަޒީފާތަކުން ދުރުކޮށް، އެޗފަރާތްތަކަށް ފިޔަވަޅު އަޅައި އެކަން ތަންފީޒު ކޮށްދޭން ސަލަފު ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

ސަލަފުން ބުނީ އެމްޑީއެންގެ ރިޕޯޓަކީ ދިވެހި ފަސްގަނޑުން އިސްލާމްދީން ފުހެލައި، ރާއްޖޭގައި ސެކިއުލާ ވެރިކަމެއް ގާއިމު ކުރަން ކުރާ މަސައްކަތުގެ ފާޅުވެގެންވާ ހެއްކެއް ކަމަށެވެ. އަދި އެއީ ނުރައްކާތެރިކަން ބޮޑު، އަދި މުޖްތަމައުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަން ނަގައިލާފަދަ އެތައް ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ކަމަށެވެ. އެ ރިޕޯޓްގައިވާ އެފަދަ ބައެއް ނުކުތާތައް ސަލަފުން ވަނީ ފާހަވެސް ކޮށްދީފަ އެވެ.