މެންޗެސްޓާ ސިޓީ

ކޮންޓްރެކްޓް އާ ކުރަން ސާނޭ އެއްބަހެއް ނުވި

މެންޗެސްޓާ ސިޓީގެ ކޮންޓްރެކްޓް އާ ކުރަން ފޯވަޑް ލިރޮއީ ސާނޭއަށް ހުށަހެޅި ނަމަވެސް، ކޮންޓްރެކްޓް އާ ކުރަން އޭނާ ބޭނުން ނުވާކަމަށް ސީޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޝާލްކޭއިން 37 މިލިއަން ޕައުންޑްގެ ޓްރާންސްފާގެ އަގަކަށް 2016 ވަނަ އަހަރު ސިޓީ އަށް ބަދަލުވި ސަނޭ، 24 އޭރު ހެދި ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރު ޖޫން މުގެ ނިޔަލަށެވެ. ގާޑިއޯލާ ބުނީ އެހެން ޗެލެންޖެއް ބޭނުންވާ ކަމަށް ސަނޭ ބުނެފައިވާ ކަމަށެވެ.

މި ސީޒަނަށް ފަހު ސާނޭ ޓީމު ދޫކޮށްލާނެތޯ ނުވަތަ ނޫންތޯ ބުނަން ނޭނގޭ ކަމަށް ގާޑިއޯލާ ބުންޏެވެ. ސަނޭ ގެންދިއުމަށް ގާޑިއޯލާގެ ކުރީގެ ޓީމު ބަޔާން މިޔުނިކުން މީގެ ކުރިން ވަނީ ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ.

އޯގަސްޓް މަހުގެ ކަކުލަށް ލިބުނު އަނިޔާ އާ ގުޅިގެން ޖަރުމަންގެ ފޯވަޑް ހުރީ ކުޅުމާ ދުރުގަ އެވެ.